ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދިވެހި ސަރުކާރަށް ހަރިޖީ ސިޔާސަތު ދެމެހެއްޓެން އޮތީ މޮރިޝަސް އަށް ޗާގޯސް ދޭން ތާއީދުކޮށްގެން”: ފޮރިން މިނިސްޓްރީ

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދުި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް އަކީ މޮރިޝަސްގެ ރަށެއް ގޮތުގައި ހެދުމަށް އދގައި އެ ގައުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، ހާރިޖީ ސިޔާސަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނީ އެގޮތަށް އަމަލުކުރުމުންކަމަށްވަތީ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ބުނެފިއެވެ.

ޗާގޯސް އިން އދ އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއް ކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން 1965 ވަނަ އަހަރު މިނިވަން ގައުމަކަށް ވުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އދގެ މެމްބަރަކަށްވެ ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ދުނެޔޭގައި އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ރާއްޖޭގައި މިހާނަށް އުފެދުނު ހުރިހާ ސަރުކާރަކުންވެސް ވަނީ އެ އުސޫލު ދަމަހައްޓާފައިކަމަށް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ އުސޫލަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތެކެވެ. އަދި އެކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށާއި ނާއްނާނެކަމަށް މިނިސްޓްރީއިންވަނީ ސިފަކޮށްފައެވެ.

ޗާގޯސްއަކީ އިންގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް މޮރިޝަސްގެ ރަށެއްކަމަށް ބުނެ މަޝްވަރާތަކެއް ކުރެވެމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކޮށް މިނިސްޓްރީއިން ބުނެފައިވާގޮތުން އދ އިން ވަނީ 2017 ވަަނަ އަހަރުގައި އިންޓަރނޭޝަނަލް ކޯޓ އޮފް ޖަސްޓިސްގައި މި މައްސަލައިގައި ލަފާއެއް ހޯދުމަަށް އެދިފައެވެ. އަދި އެ ކޯޓުން ޗާގޯސް އަކީ މޮރިޝަސްގެ ރަށެއްކަމަށް ނިންމާފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އައިސީޖޭގެ ލަފާއާއި ގުޅިގެން 2019 ވަނަ އަހަރުގެ ތެރޭގައި މޮރިޝަސްއިން ވަނީ 6 މަސް ދުވަސްތެރޭގައި ޗާގޯސް އެ ގައުމާއި ހަވާލުކުރުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް ކަނޑުގެ އިގްތިސާދީ ސަރަހައްދާއި ގުޅޭ ގޮތުން ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށައެޅި ހުށައެޅުމަށް މޮރިޝަސް އިން އިއުރިރާޒު ކޮށްފައިވުމާއި އެކު، ދިވެހިރާއްޖެއިން މޮރިޝަސްގެ 2019 ވަނަ އަހަރުގެ ގަރާރާއި ދެކޮޅަށް ވޯޓު ދިންކަމަށް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މިހާރު އެ ހުށައެޅުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، އެއީ އިސްތިއުމާރީ އަޅުކަމާއި ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތާއި، ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންކަމަށެވެ. އެހެން ނަމަވެސް އާންމު މަޖިލީހުގައި ދޭ ވޯޓާއި، ސަރަހައްދީ އިން ކަނޑައެޅުމަށް އައިޓޯލްސްގައި ހިނަގަމުންދާ މައްސަލަ ތަފާތުކަަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، ޗާގޯސްގެ މައްސަލައަކީ، އިނގިރޭސި ވިލާތާއި މޮރިޝަސްއާއި ދެމެދު އޮތް މައްސަލައެކެވެ. އަދި ރާއްޖޭގެ ސާދާ ބައިވެރިވުމެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 55%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޢަހަރުމެންގެ ގައިން އެއްބައި ދީގެން ޚާރިޖީ ސިޔާސަޔު ހިފަހައްޓާކަށް އަހަރުމެން ބޭނުމެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: