ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަށް އީޔޫގެ ހުރިހާ ގައުމުތަކުން އޮންއެރައިވަލް ވިސާ ދިނުމަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ހުރިހާ ގައުމުތަކުން އޮން އެރައިވަލް ވިސާ ދިނުމަށް ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުމަށް އެދިފައިވަނީ ޔޫރަޕިއަން ޔުނިއަންގެ އިސް އޮފިޝަލުންނާ  ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ.

މީގެ ކުރިން ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުގެ ތެރެއިން ވިސާ އާއި ނުލާ ދިވެހިންނަށް ދެވެނީ މަދު ގައުމުތަކަކަށެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކަށް ދިއުމަށް ރާއްޖެއިން ޖެހެނީ ޝެންޒެން ވިސާ ނަގާށެވެ. ނަމަވެސް އެހެން ހުރިހާ ގައުމުތަކުގައި ދިރިއުޅޭ މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނައިރު އޮން އެރައިވަލް ވިސާ ރާއްޖެއިން ލިބެއެވެ.

އެހެންކަމުން އީޔޫގެ އިސް އޮފިޝަލުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ފަސޭހަކަމާއެކު ވިސާ އާއި ނުލާ ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: