ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށް އެންގުމުގެ ބާރު އެންއައިސީއަށް ލިބިގެން ނުވޭ: ރިޓަޔާޑް އޭސީޕީ ފައިރޫޝް

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ކުރީގެ އެސިސްޓަންޓު ކޮމިޝަނަރ އަހުމަދު ފައިރޫޝް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މައްޔިތާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް އެންގުމުގެ ބާރު އިންޓެގްރިޓީ ކޮމިޝަނަށް ލިބިގެންވަނީ ކޮން ގޮތަކަށް ކަން ސާފު ނުވާކަމަށް ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ ހޯޑެއްދޫއިން ހައްޔަރު ކުރި މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނިކޮށް ނިޔާވުމާއި ގުޅިގެން އުފެދިފައިވާ މައްސަލައިގައި، އެނާގެ އޮޓޯޕްސީއެއް ހެދުމަށް އެންއައިސީއިން ނިންމާފައިވާކަމަށް އިޝާރާތްކުރައްވާ ފައިރޫޝް ވިދާޅުވީ، އެންއައިސީ އަށް އެފަދަ ނިންމުމެއް ނިންމުމުގެ ބާރު ލިބިގެންވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެނާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެފަދަ ނިންމުމެއް ނިންމުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް އެކަނިއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވާގޮތުން، ފުލުހުންނަށް އެފަދަ ނިންމުމެއް ނިންމޭނީ، ކޯޓު އަމުރެއް ލިބުމަށް ފަހުކަމަށްވެސް އެނާ ވިދާޅުވިއެވެ. އަދި އެންއައިސީއަށް އެފަދަ ނިންމުމެއް ނިންމޭނީ ފުލުހުންނާއި ގުޅިގެންކަމަށްވެސް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، އެނާ އަކީ ގާނޫނީ މާހިރެއް ނޫންކަމަށެވެ. އެހެން ނަމަވެސް އެނާ އަކީ ފުލުހުންގެ ވަޒީފައިގައި ހުންނަވައިގެން ގާނޫނުތައް ތަންފީޒު ކުރެއްވުމުގައި ގިނަ ދުވަސް ހޭދަ ކުރައްވާ، އަމިއްލައަށްވެސް ގާނޫނުތައް މުތާލިއާ ކުރުމުގައި އުޅުނު މީހެއް ކަމަށާ ހާއްސަ ގޮތެއްގައި ޕޮލިސް ސާވިސް އެކްޓު ދަސްކުރެއްވިކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: