ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2023: ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހުށައަޅުއްވާފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރަނީ 42،6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ..

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ޕީއެސް އައިޕީގެ މަޝްރޫއު ތަކަށް ހަރަދުކުރުމަށް ނިންމާފައިވަނީ 19.7 ޕަސެންޓެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ 204 މަޝްރޫއެއް ހިމެނޭއިރު އެ މަޝްރޫއުތަކަށް 483.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ޓެންޑަރިންގ ގެ މަރުހަލާގައި އޮތް 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހިމަނާފައިވެއެވެ. އަދި ޕްރީ ޓެންޑަރިންގ މަރުހަލާގައި ހިމެނޭ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިވަގުތު ކުރިއަށްދާ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މަސައްކަތް ނިމިފައިވާ މަޝްރޫއުތަކުގެ ރިޓެންޝަން ފައިސާގެ ގޮތުގައި 77.3 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައެވެ.

ޕީއެސްއައިޕީގެ 28.9 ޕަސެންޓު ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ.

އޭގެ ތެރޭގައި މާލެ-ތިލަފުށި ބްރިޖު އެޅުމުގެ މަޝްރޫއާ ގއ. ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ސްޓަޑީއެއް ހެދުމާއި މަސައްކަތް ފެށުމަށް ވެސް ވަނީ ބަޖެޓު ކަނޑައަޅައިފަ އެވެ.

ނ. މާފަރު ހދ. ހަނިމާދޫ އަދި އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވެއެވެ.

ޕީއެސް އައިޕީގެ ދަށުން ހިންގަން ހަމަޖެހިފައިވާ އިތުރު މަޝްރޫއު ތަކުގެ ތެރޭގައި ކުނި ނައްތާލުމުގެ މަޝްރޫއުތަކަށް 630.2 މިލިއަން ރުފިޔާ ހިމެނިފައިވެއެވެ.

ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށް 724.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި ގުޅީފަޅާއި އައްޑޫގެ ބިން ހިއްކުމަށް 463.4 މިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ.

މިހާރު ކުރިއަށްދާ އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމުގެ މަޝްރޫއު ތަކަށް  567.2 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.

ހުޅުމާލެ އާއި ރަށްރަށުގައި ހައުސިންގ ޔުނިޓްތައް ގާއިމްކުރުމަށް 285.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ އަކީ ޑޮމެސްޓިކް ބަޖެޓުން ކުރާ ހަރަދެވެ.

ބޭރު ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އާއި ބޭރުގެ ހިލޭ އެހީ އިން 713 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. 439.5 މިލިއަން ރުފިޔާ ހަރަދު ކުރަނީ ގްރީން ފަންޑުން ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: