ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް 27 ގައި ބައިވެރިވުމަށް ރައީސް ނަޝީދު މިސްރަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްރުގެ ޝަރްމުއްޝައިހްގައި ބާއްވާ އދ ގެ މިއަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުރާވަޑައިގެންފިއެވެ.

މި ނޮވެމްބަރު މަހުގެ 4 އިން 9 އަށް މިސްރަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ނަޝީދު ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައެވެ. އެގޮތުން މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް އެއްކަމަށްވާ ޕޭވިންގ ދަ ފްރޭމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެ ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް ) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމް ކުރާ ބައްދަލުވުމުކެވެ.

ރައީސް ނަޝީދު މިސްރަށް ކުރައްވީ މި ދަތުރުފުޅުގައި ސީވީއެފައ އާއި ީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާއިއެކު ކޮޕް 27 ގެ ހަވާސާއިގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ 20 ) ގްރޫޕްގެ ރިޔާސަތު މިވަގުތު ބަލަހައްޓަނީ ގާނާ އިންނެވެ. އަދި ދިވެހިރާއްޖެ އަކީ ވެސް ސީވީއެފްގެ މެމްބަރު ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: