ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި އަސަރު ކުރި 33 މީހަކު އަދިވެސް އެންޑީއެމްއޭ ބެލުމުގެ ދަށުގައި

ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން/ ފޮޓޯ: ސަންގު --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ރައްކާތެރިކަން ދިން ފަރާތްތަކުގެ ތެރެއިން މިހާރު އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ތިބީ 33 މީހުންކަމަށް އެންޑީއެމްއޭ ބުނެފިއެވެ.

މިކަމާއި ބެހޭ މައުލޫމާތު “ސަންގު” އަށް ދެއްވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 18 މީހަކު ހިމެނޭކަމަށާއި، އެއީ 12 އަންހެނުންނާއި، 6 ފިރިހެނުންކަމަށެވެ. އަދި ޖުމްލަ 15 ބިދޭސީން ބެލުމުގެ ފަށުގައި ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި، 8 ފިރިހެނުން ހިމެނޭކަމަށް ހިސާން ވިދާޅުވިއެވެ.

އެންޑީއެމްއޭ ބުނެފައިވަނީ މ ނިރުފެހިގޭގައި ހިގައިދިޔަ މި އަލިފާނުގެ ހާދިސާގެ މައުލޫމާތު އޮތޯރިޓީއަށް ލިބުނީ 12:44 ގައިކަމަށެވެ. އެއާއިއެކު، ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އހީތެރިވުމަށް މާފަންނު ސްޓޭޑިއަމްގައި އިވެކުއޭޝަން ސެންޓަރެއް ގާއިމްކުރެވުނުކަމަށެވެ.  އަދި ބެކަޕެއްގެ ގޮތުގައި ކަލާފާނު ސްކޫލުެސް ތައްޔާރުކުރެވުނުކަމަށާއި، ހާދިސާގައި އަސަރުކޮށްގެން 4 އިމާރާތުން މީހުން ސަލާމަތްކުރެވުނުކަމަށެވެ.

އޭގެ ތެރޭގައި 35 ދިވެހިންނާއި، އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ސަލާމަތްކުރެވުނު 28 ބިދޭސީއިން ހިމެނޭހެން 33 ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށާއި، މީގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނޭކަމަށް އެންޑީއެމްއޭ ބުނެފައިވެއެެވ. ގިނަ އާއިލާތައް ވަނީ އައިލީ އަދި ރަށްޓެހިންގެ ގޭގެއަށް ބަދަލުވެފައިކަމަށް ފާހަގަކޮށް، އެންޑީއެމްއޭ ބުނެފައިވަނީ އެ އޮތޯރިޓީއިން އަންނަނީ މި އާއިލާތަކުގެ ކަންކަން ކައިރިން ބަލަމުންކަމަށެވެ. އަދި މި ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ވަނީ ދީފައިކަމަށް އެންޑީއެމްއޭ ބުންޏެވެ.

ހާދިސާގައި ގެއްލުންވީ ފަރާތްތަކަށް އެކަށީގެންވާ އެހީ ފޯރުކޮށްދިނުމަށްޓަކައި އެންޑީއެމްއޭ ވަނީ ގިނަ ހަރަދުތަކެއްވެސް ކޮށްފައެވެ. އެގޮތުން މި ފަރާތްތަކަށް އިންސާނީ އެހީގެ ގޮތުގައި ފުރަތަމަ ފޭސް އިން ފަސްދުވަހުގެ ބޯހިޔާވަހިކަމަށް 33،500 ރުފިޔާ ހަރަދުވެފައިވާއިރު، އަންނައުނު ނެތް ފަރާތްތަކަށް އަންނައުނު ހޯދުމަށް 19،000 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ކެއިންބުއިމަށް 29،000 ރުފިޔާ އަދި ހައިޖީން ކިޓު ހޯދުމާއި އޮޕަރޭޝަނަލް ހަދަރުގެ ގޮތުގައ 2،633 ރުފިޔާއާއިއެކު ޖުމްލަ 90 އަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓާއި، ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމާއިއެކު، ނަފްސާނީ އެހީތެރިކަން ދަނީ ފޮރުކޮށްދެމުންކަމަށް އެންޑީއެމްއޭ ބުނެފައިވެއެވެ. އަދި އެންޑީއެމްއޭ ގެ ފަރާތުން އަންަނީ އަލިފާނުގެ ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންތް ހެދުމާއި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ހާލަތުު ގާތުން މޮނީޓާކޮށް، އެ ފަރާތްތަކަށް ބޭނުންވާ އިތުރު އެހީތެރިކަންވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ހިސާން ވިދާޅުވީ މިހާރު ކުރެވެމުންދަނީ އެ ތަންތަނުގައި އެސެސްމެންތް ހެދުމުގެ މަސައްކަތްކަމަށާއި، އެއަށްފަހު ރައްކާތެރިކަން ކަށަވަރުކުރެވޭ ތަންތަނަށް މީހުން ބަދަލުކުރުމުގެ މަސައްކަތްކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: