ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެހެންދި ސުކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުން: ފުލޯތަކުގައި ކަރަންޓެއް ނެތް, ކުދިންތައް ގެއަށް ފޮނުވާލައިފި!

ރެހެންދި ސުކޫލު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހުޅުމާލެ ރެހެންދި ސުކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ދަރުވަރުންނަށް ގެއްލުމެއް ނުވާ ގޮތަށް އެކުދިން މިހާރު ވަނީ ގެއަށް ފޮނުވާލެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 6:30 ހާއިރުއެވެ. އަދި މިހާދިސާ ހިނގާފައިވަނީ ސުކޫލުގެ 4 އަދި 5 ވަނަ ފުލޯ ގެ ޕެނެލް ބޯޑެއްފައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިނން ބުނެފައިވަނީ ސުކޫލް އިން ވަނީ ވަރަށް އަވަހަށް އަލިފާން ނިއްވާލާފައިކަމަށާއި، އަދި މިކަމުގައި އެމްއެންޑީއެފް އާއި ފުލުހުންގެ އެހީތެރިކަން ލިބުނުކަމަށެވެ. މިއީ ދަރުވަރުން ސުކޫލަށް އަންނަމުންދިޔަ ގަނޑިކަމަވުމުން، ދަރިވަރުނަށް ގެއްލުމެއް ނުވާ ގޮތަށް އެކުދިން ތިރިއަށް ގެނެސް، މިހާރު ވަނީ ގެއަށް ފޮނުވާލެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ.

ދަރިވަރުންގެ ރައްކާތެރިކަމަކީ އެޑިއުކޭޝަން މިނިސްޓްރީ އިން އެންމެ އިސްކަންދޭކަންކަމަށް ފާހަގަކޮށް ބުނެފައިވަނީ، މި ވަގުތު އެ ފުލޯތަކުގައި ކަރަންޓު ނެތުމުން ސްޓެލްކޯ އާއި ވާހަކަދައްކައިގެން ވީހާވެސް އަވަހަކަށް ކަރަންޓް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: