ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ފަންސާސް މީހަކު މަރަން ރޭވިކަމުގެ ތުހުމަތު؛ ޝަރީފަށް އަބުރުގެ ދައުވާ

ރައީސް މުހައްމަދު ނަޝީދާއި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް/ ފޮޓޯ: މަޖިިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އަނިވެރި ވެރިއެއްކަމަށް ދައްކައި، އެމަނިކުފާނުގެ ބޮލުގައި ގިނަ ބައެއްގެ މަރުގެ ތުހުމަތު އެޅުވުމަށް ރައީސް މުހައްމަދު ނަޝީދު ރޭވިކަމަށް ބުނެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަވާ މައްސަލައިގައި އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ހުށަޅައިފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ދެބަސްވުންތައް އުފެދި މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންގެ ގުރޫޕެކެވެ. ސަރުކާރު ހިންގުމާއި ހަވާލުވުމަށް ފަހު، ރައީސް ސޯލިހު އެމްޑީޕީގެ އުފެދުމުގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފުވާތީ، އެމަނިކުފާނަށް ކުރެއްވި ތާއީދު ރައީސް ނަޝީދު ވަނީ އަނބުރާ ގެންދަވާފަ އެވެ. އަދި ވެރިކަމަށް އައުމަށް ޖަޒީރާ ރާއްޖެ އަދި އެޖެންޑާ-19 މެނިފެސްޓޯގެ ދަށުން ވީ ވައުދުތައް ފުއްދުމަށް ސަރުކާރުން އެކަށީގެން ވާ މަސައްކަތްތަކެއް ނުކުރެވި އޮތީ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ނުފޫޒުގެ ތެރޭގައިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮރަޕްޝަން ނައްތާލުމާއި، މަރުގެ މައްސަލައް ބަލައި ތަހުގީގު ކުރުން، އަދި އިންސާފު ހޯދައި ދީ ހަމަހަމަ ދިރިއުޅުމެއް ހޯދައިދޭނެކަމަށް ބުނެ ވީ ވައުދުތައް ނުފުއްދުމުގެ ސަބަބުން އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބޭނެކަމަށް މަޖިލީހުގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެތެރޭގެ އިންތިހާބައި ދިމާކޮށް އުފެދުނު މައްސަލަތައް ހައްލު ނުވެ، އޭގެ ފަހުން އަނެއްކާވެސް މަސްލަހަތު ގޯސްވީ ޓެކްސް ބިލާއި 2023 ގެ ބަޖެޓު ހުށަހެޅުމުންނެވެ. އަދި ސަރުކާރަށް 04 އަހަރު ފުރުމާއި ދިމާކޮށް ވެސް ފާޑުކިއުން އަމާޒުވި އެވެ.

މައްސަލައިގައި ރައީސް ސޯލިހަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވީ، ރައީސް ނަޝީދު ބޭނުން ވަނީ ދިވެހިރާއްޖޭގެ ވެރިކަން ނަމަވެސް، ރައްޔިތުން އެމަނިކުފާނަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމަށް އައުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ވެސް ކާމިޔާބު ނުވާނެކަމަށް ވދިާޅުވި އެވެ. މިއީ ބާރުވެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ބުނެ ދެކެވޭ ވާހަކައިގެ ތެރެއިން، އެއް މެމްބަރަކު އަނެއް މެމްބަރަކަށް ކުރި ތުހުމަތުތަކުގެ ތެރޭ މީގެ ދުވަސްތަކެއް ކުރިން ޝަރީފް ރައީސް ނަޝީދު ބަޔަކު މަރާލަން ރޭވިކަމުގެ ތުހުމަތު ކުރި އެވެ.

މާލޭގެ ހަލަބޮލި މުޒާހަރާއެއްގެ ތެރެއިން 50 މީހަކަށް އަނިޔާ ދީ، މަރާލުމަށް ފަހު އެކަން ރައީސް މައުމޫންގެ ބޮލުގައި އެޅުވުމަށް ކުރި މަސައްކަތާއި ދެކޮޅަށް ޕާޓީގެ އެހެން މެމްބަރުން ނިކުތްކަން އޭރުގެ ލީޑާޝިޕާއި ޕާލިމަންޓު ގުރޫޕުގެ އިސް މެމްބަރުންނަށް އެނގޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ އެ ރޭވުމާއި އެއްގޮތަށް ނެރުނު ގަރާރެއް ވެސް އޮންނާނެ ކަމަށެވެ. އަދި އެކަން ސާބިތު ކުރެވޭނެކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ސީރިއަސް ތުހުމަތުތަކެއްކަން ގިނަ ބަޔަކު ދަނީ ފާހަަގަކުރަމުންނެވެ. އަދި މައްސަލައިގައި ރައީސް ނަޝީދުގެ ބަހެއް ނުލިބިވަނިކޮށް މިއަދު ކުއްލިގޮތަކަށް އެމަނިކުފާނުގެ ފަރާތުން މައްސަލައިގައި ޝަރީފްގެ މައްޗަށް އަބުރުގެ ދައުވާ ކުރިކަން ހާމަކުރި އެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދު އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުގައި ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. މައްސަލައިގައި ރައީސް ނަޝީދު ވަނީ، ޝަރީފް އެމަނިކުފާނުގެ އަބުރާއި ބެހި ގެއްލުންތަކެއް ދީފައިވާކަމަށެވެ. އެހެންވެ އަބުރަށް އަރައިގަތުމުގެ އަމަލެއް ޝަރީފް ހިންގެވީކަން ކަނޑައަޅައިދޭން އެދި ހުށަހެޅީކަމަށް މައްސަލައިގައި ވެއެވެ.

ތުހުމަތުތަކަށް ޝަރީފަށް ކުރާ ފާޑުކިއުންތަކަށް އޭނާ ދަނީ ރައްދު ދެމުންނެވެ. އަދި ތަކުރާރުކޮށް ބުނަމުން ދަނީ، ރައީސް ނަޝީދަކީ އަމިއްލަ ބާރުވެރިކަން ހޯދުމަށް ކޮންމެ އަމަލެއް ވެސް ހިންގަވަފާނެ ބޭފުޅެއް ކަމަށެވެ.

އަބުރުގެ ދައުވާގެ ބަޔާނަށް ރައްދު ދީ، ޝަރީފް ވިދާޅުވީ ކޯޓަށް މައްސަލަ ވެއްދުމަކީ ވަރަށް ރަނގަޅު ފެށުމެއްކަމަށާއި މައްސަލަ ތަހުގީގުކޮށްފި ނަމަ އޭނާ ދެއްކީ ތެދު ވާހަކަތަކެއްކަން ހާމަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: