ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމާއި ގުޅޭ ކަރުދާހެއް އެކުލަވާލައިފި

ޖޭއެސްސީގެ ބައެއް މެމްބަރުން، ކޮމިޝަންގެ ރައީސް ހިސާން އާއި، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ތަފްސީލް ހިމެނޭ ކަރުދާހެއް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓްގައި އާއްމުކޮށްފިއެވެ.

ޖުޑީސަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުގެ ނަމުގައި އެކުލަވާލެވުނު ކަރުދާހުގައި  ސަރުކާރުން މިހާތަނަށް ކުރެވުނު މަޝްވަރާތަކާއ ކަމާގުޅޭގޮތުން ކުރެވުނު ދިރާސާތައް ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، އެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖްތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިއްމު އެއް ވައުދު ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ޝަރުއީ ދާއިރާގެ އިސްލާހީ މަސައްކަތްތައް 2019 ވަނަ އަހަރު ފެށިފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެމަރުހަލާ އަކަށް ބަހާލައިގެން ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ކުރިއަށްގެންދެވުނީ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ ކޯޓްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އަދި ފަނޑިޔާރުންގެ ސުލޫކީ ހަމަތަކާގުޅޭ އުސޫލުތަކާއި ފިޔަވަޅުއެޅުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްްލާހު ގެނައުމުގެ މަސައްކަތް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ޖޭއެސްސީ އިސްލާހު ކުރުމާއި ގުޅޭގޮތުން އެކުލަވާލި ކަރުދާހަކީ ޖޭއެސްސީ  އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި ކަމާގުޅޭގޮތުން ޖޭއެސްސީގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތާއި ގުޅިގެން ބިލުތައް އެކުލަވާލުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި އާއްމުންގެ ހިޔާލާއި ކަމުގެ މާހިރުންގެ ލަފަޔާއި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކަރުދާހެއް ކަމަށް ވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: