ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ލިބުނީ 47،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް: އޭޖީ އޮފީސް

ރައީސް އިބްރާހިމް ސޯލިހާއި، ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި މޮރިޝަސް ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލއިގައި ރާއްޖެއިން ވަކާލާތު ކުރިގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯއޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފިއެވެ.

ޗާގޮސްގެ މައްސަލަ ނިމުނު ގޮތާއި ގުޅިގެން އެޓާރނީ ޖެނެރަލް (އޭޖީ) އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބުނެފައިވާގޮތުން 200 ނޯޓިކަލް މޭލަށްވުރެ އިތުރަށް ހައްގު އޮންނަ ކަމަށް ބުނެ މޮރިޝަސް އިން ހުށައަޅާފައިވާ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވިގެންދާ ގޮތެއްގެ މައްޗަށްކަމަށެވެ.

އޭޖީ އޮފީހުން ބުނެފައިވާގޮތުން ރާއްޖޭގެ މެރިޓައިމް ބައުންޑަރީގެ ޑީލިމިޓޭޝަން މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވަނީ އިކުއިޑިސްޓަންސްގެ އުސޫލުން އަމަލުކުރުމަށްކަމަށެވެ. އަދި އެ އުސޫލަކީ ބައިނަލްއަގުވާމީ މުއައްސަސާތަކާއި ކޯޓުތަކުން ބަލައިގަންނަ އުސޫލެއްކަމަށާއި އެ އުސޫލާއިމެދު ޝައްކު އުފެއްދުމުގެ ޖާގައެއް ނެތްކަމަށް އެ އޮފީހުންވަނީ ފާހަގަކޮށްފައެވެ.

އޭޖީއިން ބުނެފައިވާގޮތުން މައްސަލައެއް އުފެދިފައިވަނީ އެ ލައިނު ބެލެންހައިމް ފަރަށް ރިއާޔަތްކޮށް ކުރެހިދާނެކަމާއިމެދު ކަމަށެވެ. އަދި އިޓްލޮސްއިންވަނީ ބޭސް ޕޮއިންޓެއްގެ ގޮތުގައި އެ ފަރު ބޭނުން ނުކުރެވޭނެކަމަށް ރާއްޖެއިން ބުނެފައިވާ ބުނުމާއި އެއްބަސްވެފައިކަމަށް ބުނެފައިވެއެވެ. އަދި އެ މުއައްސަސާއިންވަނީ ކުދި ބަދަލުތަކެއް ގެނައުމަށްފަހު ނިންމުން ނިންމާފައިކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިހާރު ރާއްޖެއަށް ފުށު އަރާ ސަރަހައްދުގެ 47،232 އަކަ ކިލޯމީޓަރު ސަރަހައްދެއް ލިބިގެންދާއިރު، މޮރިޝަސްއިން ކުރިން ހުށައަޅާފައިވާ ހުށައެޅުމާއި ހިލާފަށް ލިބިފައިވަނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްކަމަށް ބުނެފައިވެއެވެ.

ބަޔާނުގައިވާގޮތުން ރާއްޖެއިން އިޓްލޮސްގެ ނިންމުމަށް މަރުހަބާ ކިޔައެވެ. އަދި އެ މުއައްސަސާއިންވަނީ ދެ ގައުމުގެ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައަށް އެންމެ ފަހުން ނިމުމެއް ގެންސްފައިކަމަށާއި އެކަމާއިމެދު އުފެދިފައިވާ ނުތަނަވަސްކަންވެސް ފިލައި ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެދެވޭ ނަތީޖާތަކެއް މި މައްސަލައިގެ ތެރެއިން ނުކުމެފައިވާކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން މޮރިޝަސްއިންވަނީ ރާއްޖެއިން ޗާގޮސް ސަރައްހަދުގެ ކަނޑުގެ ދިރުމާއިމެދު ކަންބޮޑުވުން ފާޅުކުރުމާއި އެކު އެ ސަރަހައްދު ހިމާޔަތް ކުރާނެކަމަށް ބުނެފައިކަމަށް ބަޔާނުގައިވެއެވެ. އަދި އެކަމނުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ މަސްލަހަތު ހިމާޔަތްކުރެވިގެންދާކަމަށް އޭޖީ އޮފީހުން ފާހަގަކޮށްފައިވެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: