ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރުގައި ހުރި ގެއެއްގައި ރޯވެ ބޮޑު ގެއްލުންތަކެއް ލިބިއްޖެ!

އަލިފާނުގެ ހާދިސާ ހިނގި ސަރަަހއްދުގައިޮ އެމްއެންޑީއެފްއިން ހަރަކާތްތެރިވާ މަންޒަރު. ފޮޓޯ/އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގައި ރޭ ދަންވަރު ހިނގައިދިޔަ އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިގާފައިވަނީ ހެންވޭރުގައި ހުރި ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ 3:57 ހާއިރުކަމުގައިވާއިރު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ރޭ 4:23 ހާއިރު ރޯވި އަލިފާން ނިންވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް. ފޮޓޯ/އެމްއެންޑީއެފް

ނަމަވެސް އެ ގޭގެ އެކި ހިސާބުތަކަށް ވަނީ އަލިފާނުގެ އަަރުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި ގޭގެ ފަންކާއަށާއި، ފަހަނާގެ އިތުރުން ތަޅުމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިހާދިސާ ހިނގައި ދިޔައީ ކޮން ސަބަބަކާއި ގުޅިގެންކަން އަދި މިހާަނަށް ސާފުވާ ގޮތްވެފައިނުވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: