ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 50 ގާޒީން އިންޑިއާއަށް ފުރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ 50 ގާޒީން އިންޑިއާއަށް ފުރައިފިއެވެ.

އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކަޑަމަކީ (އެން.ޖޭ.އޭ.އައި)ގައި ހިންގޭ ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާ 50 ޖުޑީޝިއަލް އޮފިސަރުން ފުރުވާލުމުގެ ރަސްމިއްޔާތުވަނީ 08 ޑިސެމްބަރ  ވަނަ ދުވަހު ބާއްވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ބޯޕާލް އަދި ރާއްޖޭގެ ޖުޑީޝިއަލް ސަރވިސް ކޮމިޝަންއާއި ދެމެދު 2020ގައި ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން 200 ދިވެހި ޖުޑީޝިއަލް އޮފިޝަލުންގެ ތަމްރީން އާއި ޤާބިލްކަން އިތުރުކުރުމުގެ ދަށުން  މި ޑިސެމްބަރު މަހުގެ 12 އިން 15 އަށް އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝިއަލް އެކެޑަމީ އޮފް އިންޑިއާ (އެން.ޖޭ.އޭ.އައި)ގައި ރާއްޖޭގެ ޖުޑީޝިއަލް އޮފިޝަލުންނަށް ފަރުމާކޮށް ހިންގޭ ފުރަތަމަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޤާޒީން ވަނީ ފުރުމަށްހަމަޖެހިފައިއެވެ. މި އެމް.އޯ.ޔޫގެ ދަށުން، ކޮވިޑް19 ޕެންޑެމިކް ތެރޭގައި، އެން.ޖޭ.އޭ.އައިއިން އޮކްޓޯބަރ 2021ގައި ހިންގި ވަރޗުއަލް ތަމްރީންތަކުގައި 39 ރާއްޖޭގެ ޖުޑީޝިއަލް އޮފިޝަލުންވަނީ ބައިވެރިވެފައިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން އާއި  ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން އާއި ޖުޑީޝިއަލް އެކަޑަމީ އާއި އެޑްވައިޒަރީ ބޯޑުގެ މެންބަރުންނާއި ފޮރީން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި އިސް އޮފިޝަލުން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި، ޙާއްސަ މެޙެމާންގޮތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރ މުނު މަހާވަރު ދެއްކެވި ވާހަކަފުޅުގައި، ތަމްރީން އާއި ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއިން އިންޑިއާ އާއި ދިވެހިރާއްޖެ އެކުގައި ކުރެވޭ މަސައްކަތަކީ މި ގުޅުމުގެ މައި އެއް ތަނބުކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި މި ތަމްރީންގެ ބައިވެރިންނަށް މިއީ ފާހަގަކޮށްލެވޭ އަދި ފައިދާކުރުވަނިވި ފަހި ދަތުރަކަށްވެގެންދާނެ ކަމުގައި އެދިލެއްވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި،  މިފަދަ ތަމްރީންތަކަކީ ޖުޑީޝަލް ދާއިރާއަށް ވަރަށް މުހިންމު ފުރުސަތުތަކެއްކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި ބައިވެރިންނަށް މި ދަތުރުން ލިބޭ ޢިލްމާއި ތަމްރީންގެ އަލީގައި ޙިދްމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަދުލް އިންސާފު ޤާއިމުކުރުމުގައި މަސައްކަތް ކުރުން އިތުރަށް ފުޅާކޮށް މުޅި ޖުޑީޝިއަރީއަށް އޭގެ ފައިދާ ކުރާނެހެން ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް އިލްތިމާސްކުރެއްވެވިއެވެ.

ޖޭ.އެސް.ސީއިން އެދިފައިވާ ފަދައިން ފަރުމާކުރެވިފައިވާ ފުރަތަމަ އިން  ޕަރސަން ޓްރެއިނިންގ ޕްރޮގްރާމްގެ ތެރޭގައި ހިމަނާފައިވާ ބައިތައް ބިނާ ވެފައިވާނީ ލެކްޗަރ އަދި ޑިސްކަޝަންގެ މައްޗަށެވެ. އެގޮތުން މި ތަމްރީން ސެޝަންތައް ކުރިއަށް ގެންދެވޭ މަޢުލޫތަކުގެ ތެރޭގައި ގޯލްސް، ރޯލް އެންޑް މިޝަން އޮފް ކޯޓް، އެލެމެންޓްސް އޮފް ޖުޑީޝަލް ބިހޭވިއަރ، ޖަޖިންގ ސްކިލްސް، އަރޓް، ކްރާފްޓް އެންޑް ސައިންސް އޮފް ޑްރާފްޓިންގ ޖަޖްމަންޓް، ސިވިލް އެންޑް ކްރިމިނަލް ޖަސްޓިސް އެޑްމިނިސްޓްރޭޝަން، އެލަޓަރނޭޓް ޑިސްޕިއުޓް ރީޑްރެސަލް ސިސްޓަމް، ރޯލް އޮފް އައި.ސީ.ޓީ އިން ޖުޑީޝަލް ޕްރޮސެސަސް، އީ-ކޯޓްސް އަދި ޒަމާނީ ޖުޑީޝަލް ދާއިރާއިން އުފެދެމުން އަންނަ މިފަދަ ކަންކަމުގެ މައްޗަށެވެ. މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު މަޢުލޫމާތު ޙިއްސާކޮށް އުގެނުމުގެ ފުރުސަތު ދެފަރާތައްވެސް ފަހިވެގެންދާނެ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: