ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ގޮތުގައި ބަޔާންކުރާ އަދަދުތައް ދިމާނުވޭ: އޮޑިޓު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި މީޑިއާތަކަށް މައުލޫމަތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ މާލީ ބަޔާނުގައި ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ގޮތުގައި ލިބިފައިވާކަމަށް ބުނާ އަދަދާއި އެ ކުންފުނިތަކުން ބުނާ އަދަދުތަކާއި ދިމާ ނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

2021 ވަނަ އަހަރުގެ “ކޮންސޮލިޑޭޓެޑް ފަައިނޭޝަލް ސްޓޭޓްމެންޓު” ގައި ހުރި ބައެއް މައުލޫމާތުތައް ހަމަ ނުޖޭހޭކަމަށް އިޝާރާތްކޮށް އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން، ސަރުކާރުންވަނީ ހަތް ކުންފުންޏެއް މެދުވެރިކޮށް ހިއްސާ ގޮތުގައި 2.44 ބިލިއަން ލިބިފައިވާކަމަށް ބަޔާންކޮއްފައިކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން ސަރުކާރުން މި އަދަދު ފާހަގަކޮއްފައިވާނަމަވެސް، ސަރުކާރު ކުންފުނިތަކުން ބުނާ އަދަދުތައް ތަފާތެވެ. އެހެންކަމުން މާލީ ބަޔާނުގައިވާ އަދަދުތަކާއި ކުންފުނިތަކުގެ މައުލޫމާތުގައިވާ އަދަދުތަކާއި ދިމާ ނުވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮއްފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ބުނެފައިވާގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިންވަނީ މި ހަމަނުޖެހުންތައް ހުރި ސަބަބު ސާފުކޮއްދީފައެވެ. އެގޮތުން ހަަމަނުޖެހިގޮސްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ މުވައްސަސާ އާއި މަޝްވަރާ ނުކޮއް އެ އަދަދުތަކައް ބައްދަލުކޮށްފައިވުމުންކަމަށްް ފިނޭންސް މިނިސްޓްރީއިން ބުނެފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮއްފައިވެއެވެ. އަދި ފިނޭންސް އިންވެސް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް އެ މުވައްސަސާއިން ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން މި މައްސަލަތައް ފާހަގަކުރެވިފައިވުމާއި އެކު، ހިއްސާ ގޮތުގައި ބުނާ އަދަދުގެ ސައްހަކަން ކަށަވަރު ނުކުރެވޭކަމަށެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކުގެ ހިއްސާ ގޮތުގައި ދެމުންދާ ފައިސާގެ އަދަދުތައް އެކަށީގެންވާ އުސޫލެއްގެ މަތިން ބެލެހެއްޓުމަށް އިލްތިމާޒް ކުރާކަމަށް އޮޑިޓުން ބުނެފައިވެއެވެ.

މީގެ އިތުރުން ކުންފުނިތަކަށް ހަރަދު ކުރަމުންދާ ގޮތުގައިވެސް މައްސަލަތަކެއް ހުރިކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން، ފިނޭންސް އިން ވަނީ ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލް ދިނުމުގެ ސިޔާސަތެއް އެކުލަވާލާފައިކަމަށެވެ. އެހެން ނަމަވެސް އެ ސިޔާސަތު ތަންފީޒު ކުރަން ނުފަށާކަމަށާއި އެކަމުގެ ސަބަބުން އެކި ގޮތް ގޮތަށް ކުންފުނިތަކަށް ކެޕިޓަލް ދެމުންދާކަމަށް ބުނެފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން، މިކަން ހައްލު ކުރުމަށް ހަރަދު ކުރުމުގެ ސިޔާސަތެއް ތަންފީޒު ކުރެވެންޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: