ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑު ގެ ކަންކަން ބެލެހެއްޓުމައްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް އެކުލަވާލާފައިނުވާކަމަށް އޮޑިޓުން ބުނެފިއެވެ.
ސަރުކާރުގެ މާލީ ބަޔާނާއި ގުޅިގެން ނެރިފައިވާ އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި އެސްޑީއެފް ގާއިމު ކުރުމާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ ލިޔެކިޔުމަށް ރިއާޔަތްކޮށް އިކޮނޮމިކް ޔޫތު ކައުންސިލުންވަނީ ފިނޭންސް މިނިސްޓްރީއާއި އެ ފަންޑު ބެލެހެއްޓުމައްޓަކައި ގާނޫނީ އޮނިގަނޑެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރާނެކަމަށް ފާހަގަކޮއްފައިވާކަމަށެވެ.
އެހެން ޚަމުން އެކަށީގެންވާ ގޮތެއްގެ މަތިން އެ ފަންޑުގެ ކަންކަން ބަލަހައްޓައި ފަންޑުން ބޭނުން ކުރުމުގެ އުސޫލުތައް ބިނާ ކުރެވޭނީ އެ ގާނޫނީ އޮނިގަނޑުގެ ތެރެއިންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން ފިނޭންސް އިން މި މަސައްކަތްތައް ކޮއްފައިނުވެއެވެ.