ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ރިޒާވްގައި ފައިސާ ނެތް އިރުވެސް ރައީސް ސާލިހު ހަމަޖެހިފައި ދިޔައީ ވޯލްޑުކަޕު ބަލަން: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގޭ މާލީ ރިޒާވުގައި އެކަށީގެންވާ މިންގަނޑަކަށް ފައިސާ ނެތް ހާލަތުގައިވެސް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ވަފުދެއް ގޮވައިގެން ވޯލްޑު ކަޕު ބެއްލެވުމަށް ވަޑައިގެންނެވިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމްގައި ރައީސް ސާލިހުގެ އަމަލުތައް ބައްޓަންވެފައި ހުންނެވި ގޮތާއިމެދު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ކަންކަމުގައި ޒިންމާ ނެންގެވުމަކީ ރައީސް ސާލިހު ނުދަންނަ ކަމެއް ކަމަށެވެ. ސައީދު ވިދާޅުވީ، ރައީސް ސާލިހު އުޅުއްވަނީ އެކި އެކި ހަފްލާތަކަށް ވަޑައިގެން ރިބަންފައް ކެނޑުވުމުގައިކަމަށެވެ. އަދި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅުންވެސް މިކަން ގަބޫލުކުރައްވާކަމަށް އެނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހު ވެރިކަމަށް އަރާ ވަޑައިގެންނެވި އިރު، އެމަނިކުފާނަށް ވެރިކަން ކުރެއްވުމާއި ގުޅޭގޮތުން އެކަށީގެންވާ “އޮރިއެންޓޭޝަނެއް” ދެވިފައިނުވާކަން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބައެއް މެމްބަރުން ގަބޫލުކުރައްވާކަމަށެވެ. އަދި ރައީސް އެއްގެ މަގާމުގައި ކުރައްވަން ޖެހޭ މަސައްކަތަކީ ހަފްލާތަކަށް ވަޑައިގެން ރިބަން ފައް ކެނޑުއްވުންކަމަށް ރައީސް ސާލިހަށް ހީވެފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ސާލިހު ގަތަރަށް ކުރެއްވި ދަތުރަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެމަނިކުފާނު އާޖެންޓީނާ އަދި ކްރޮއޭޝިއާ ކުޅޭ މެޗު ބަލަން އިންނެވި އިރު، އެ ދެގައުމުގެ އިސްވެރިން އެތަނުގައި ނެތްކަމަށެވެ. އަދި އެ ގައުމުތަކުގެ އިސްވެރިން ނެތް ތަނެއްގައި ރިޒާވްގައި ފައިސާ ނެތިގެން އުޅޭ ގައުމެއްގެ ރައީސް ގޮސް އިންނެވުމަކީ ބަލައިގަންނަން ދަތިކަމެއްގެ ގޮތުގައި ސައީދު އިޝާރާތްކުރެއްވިއެވެ.

ސައީދު ވިދާޅުވީ، އެފަދަ ތަންތަނަށް ނުދިއުމައް ވިދާޅުނުވާކަމަށެވެ. އެހެން ނަމަވެސް އެހެނިހެން ގައުމުތަކުގެ ރައީސުންވެސް އެފަދަ ތަންތަނަށް ދަނީ އެ ގައުމެއްގެ ޓީމު ކުޅޭ މެޗެއް ބެއްލެވުމައް ނުވަތަ ތާރީހީ ކަމެއްގައި ޝާމިލުވުމައް ކަމަށް އެނާ ވިދާޅުވިއެވެ. އަދި ކަމާއި ކަންފަށައި ވަޑައިގެންނެވުމާއި ދަތުރު ކުރެއްވުން ފަދަ ކަންކަން ރައީސް ސާލިހު ކުރައްވަމުންދާކަމަށާއި އެމަނިކުފާނު ހަގީގަތުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ޒިންމާ ނަންގަވާ މަންޒަރު ނުފެންނަކަމަށް ސައީދު ސިފަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ދިވެހި ގައުމަށާއި ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކާއި ބޮޑެތި މުސީބާތްތައް ރައީސް ސާލިހަށް އެއްވެސް ކަމަކަށް ނުވާކަމަށެވެ. އެގޮތުން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއްގައި ގައުމުގެ އެކި މުއައްސަސާތަކުން ބަޔާން ނެރުނު އިރު ރައީސް ސާލިހު ވަނީ ހަނު ހުންނަވާފައިކަމަށާއި އެކަން ކުރި މީހުން ގައުމުން ފުރުވާލިކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ސާލިހު ވޯލްޑު ކަޕު ބެއްލެވުމައް ގަތަރަށް ވަޑައިގެން އިންނެވީ ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައިކަމަށް ބުނެ ސައީދު ނުރުހުން ފާޅުކުރެއްވިއިރު، މިހާރު އެމަނިކުފާނު އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ގަތަރަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: