ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއް މަރެއް ނުވޭ: އެފްކޮންސް

ގުޅީފަޅުގައި މުޒާހަރާ ކުރަނީ: ފޮޓޯ/އެމްވީ ކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީ ފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކު ނިޔާވެފައިނުވާކަމަށް އެފްކޮންސްއިން ބުނެފިއެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތްކުރާ ކުންފުނިކަމަށްވާ އެފްކޮންސްއިން ގުޅީ ފަޅުގައި ގާއިމުކޮއްފައިވާ ލޭބާރ ކުއާޓާރގައި ރޯވި މައްސަލައިގައި އެ ކުންފުނީގެ މަސައްކަތްތެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން، މުޒާހަރާ ކުރަމުންދަނީ އަލިފާނުގެ ހާދިސާގައި މަސައްކަތްތެރިއެއް ނިޔާވެފައިވާކަމަށް ބުނެ އަދި މަސައްކަތްތެރިންގެ އުޖޫރަ ދިނުމުގެ މައްސަލައަކާއި ގުޅިގެންނެވެ.

އެފްކޮންސްއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ހިނގާފައިވާ އަލިފާނުގެ ހާދިސާގައި އެ ތަނުގައި ދިރިއުޅެމުންދިއަ 60 މުއައްޒިފަކަށް ކުދި އަނިޔާތައް ލިބިފައިވެއެވެ. އަދި އަނިޔާވެފައިވާ އެންމެންވަނީ ހޮސްޕިޓަލަށް ގެންދެވިފައިކަމަށާއި އެއްވެސް ފަރާތަކަށް ސީރިއަސް އަނިޔާއެއް ލިބި މަރުވެފައިނުވާކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

“ސަންގު” އިން ވަނީ މިކަމާއި ގުޅިގެން ކަމާއި ބެހޭ މުއައްސަސާތަކާއި ސުވާލުކޮއްފައެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުން މިހާރު މި މައްސަލައިގެ ހުރިހާކަމެއްވަނީ ފުލުހުންގެ މުއައްސަސާއާއި ހަވާލު ކުރެވިފައެވެ. އެހެންކަމުން އެއްވެސް މައުލޫމާތެއް ދެއްވާނީ އެ މުއައްސަސާއިންކަމަށް ބުނިއެވެ.

މީހަކު ނިޔާވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށް ފާހަގަކޮށް، އެ މައުލޫމާތުގެ ސައްހަކަން އަދި އެއްވެސް ފަރާތެއް ނިޔާވެފައިވޭތޯ ނުވަތަ ނުވާކަން ކަށަވަރު ކުރެވިފައިވޭތޯ ސުވާލު ކުރުމުން ފުލުހުން ބުނެފައިވާގޮތުން މިހާރު އެ މުއައްސަސާއިން ދަނީ ތަހުގީގުތައް ކުރަމުންނެވެ. އަދި އެ ސަހަރައްދުގައި ކުރަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެފްކޮންސްއިން ބުނެފައިވާގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން އެ ސަރަހައްދުގައި ތިބި މީހުންނަށް އެހީ ފޯރުވުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަދި އަލިފާން ނިއްވާލެވި ހުރިހާ މަސައްކަތްތެރިން ސަލާމަތް ކުރެވިފައިވާކަމަށްވެސް ފާހަގަކޮއްފައިވެއެވެ. އެހެންނަމަވެސް ރޯވާން ދިމާވި ސަބަބު ދެނެގަނެވިފައިނުވާކަމަށާއި ތަހުގީގުތައް ކުރިއަށް ދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: