ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެމްބަރުން ރުޖޫއަކޮށްދިނުމަށް އިލެކްޝަންސްއިން އެއްބަސްވުމާއިއެކު އިދިކޮޅުގެ ފާޑުކިޔުން!

ޕީއެންސީގެ ނައިބު ރައީސް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އެހެނިހެން ސިޔާސީ ޕާޓީތަކަށް “ވަަގަށް” ބަދަލު ކުރުމުގައި އިލެކްޝަންސް ކޮމިޝަންއިން އިސް ދައުރެއް އަދާކޮށްފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ތުހުމަތުކުރައްފައިފިއެވެ.

އެމްޑީޕީގެ އަމިއްލަ ދަފްތަރުންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސާޅީސް ހާހެއްހާ މެމްބަރުން އުނިކޮއް، އެ މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ދަފްތަރުގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެތައް ހާސް މެމްބަރުންނެއް ތިބި ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ޝުޖާއުވަނީ ޕީޕީއެމްގެ މެމްބަރުން އެހެނިހެން ޕާޓީތަކަށް ބަދަލު ކުރުމުގައި އިލެކްޝަންސްގެ އަތެއް ވާކަމަށް ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ، އެމްޑީޕީއިން މިހާރު ދަފްތަރުގެ ވާހަަކަތައް ދައްކަމުންދާކަމަށެވެ. އަދި އިދިކޮޅުން ތިބީ ކުރަމުންދާ މަސައްކަތްތައް ބަލަންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މައްސަލަތައް ފެންމަތިވާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.

 

އެމްޑީޕީގެ މެމްބަރުން އެހެނިހެން ޕާޓީތަކުގައި ރެޖިސްޓަރ ކުރެވިފައިވާނަމަ، ޝަކުވާ ހުށައެޅުމުން އިލެކްޝަންސްއިން އަނބުރާ ޕާޓީގެ ދަފްތަރަށް ރުޖޫއަކޮށްދޭނެކަމަށް ބުނެ އެމްޑީޕީއިންކޮށްފައިވާ އިއުލާނަށް އިޝާރާތްކުރައްވާ ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް މުހައްމަދު ތޮލާލްވަނީ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން ޕީޕީއެމްގެ ދަފްތަރުން ވަގަށް ނަގާފައިވާ މެމްބަރުން އެދެފި ހާލަތެއްގައި އެ ޕާޓީގެ ދަފްތަރަށް ރުޖޫއަކޮށްދިނުމަށް އެދެމުންދާތާ އަހަރުތަކެއް ވެފައިވާކަމަށްވީނަމަވެސް އިލެކްޝަންސްއިން އެކަންކޮށްދީފައިނުވަނީ ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ބުނެ ކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެހެންނަމަވެސް އެމްޑީޕީއިން އެކަން ކުރަން ބޭނުން ވުމުން، އިލެކްޝަންސްއިންވަނީ އެ މަގު ފަހިކޮށްދީފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: