ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ތުހުމަތު: ދަފްތަރު ގަޑުބަޑު ކުރީ ރައީސް، ގެއްލުވާލީ ވޯޓު ނުދޭނެހެން ހީވާ މީހުން!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީއާއި ދިމާކޮށް ދަފްތަރުން ވަކި ކުރި މެމްބަރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެހެން ހީވާ އެމްޑީޕީގެ އަސްލު މެމްބަރުންކަމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 28 ގައި ބޭއްވުމަށް ހަމަޖެހިފައި ވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އަމާޒުކޮށް ޕާޓީގެ ދަފްތަރުން މެމްބަރުން އުނި ކުރިކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި އޭގެ އެންމެ ބޮޑު ބޭނުމަކީ އިންތިހާބަށް ނުފޫޒު ފޯރުވައި، ރައީސް ނަޝީދަށް ލިބެން ހުރި ވޯޓުތައް ގެއްލުވާލުންކަމަށް އެމަނިކުފާނާއި އަރިސް މެމްބަރުން ވިދާޅުވެ އެވެ.

ޕާޓީގެ ސާޅިސް ހާހެއް ހާ މެމްބަރުން އެގޮތަށް ވަކި ކުރިކަމަށާއި، މިއީ އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާނެ ސަބަބެއްކަން ފާހަގަކޮށް ޕާޓީގެ ޗެއާޕާސަނަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުވުމުން އެމަނިކުފާނަށް ރައްދު ދީ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ބަޔާނެއް އާއްމު ކުރި އެވެ.

މައްސަލަ ގޯސްވެފައި ވަނިކޮށް އަނެއްކާވެސް މިއަދު ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ މިިނިވަން އިންތިހާބުތަކަށް ތާއީދު ކުރާ ޕާޓީއެއް ކަމަށެވެ. އަދި ކަށަވަރު ކުރެވިފައިވާ ވޯޓަރުންގެ ލިސްޓެއް އެފަދަ އިންތިހާބެއް ބޭއްވުމުގައި މުހިންމު ރޯލެއް އަދާ ކުރާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު އިސްވެ ހުންނަވައި ޕާޓީން ވަކި ކުރި މެމްބަރުންގެ އަދަދު ތިރީސް ނުވަ ހާހުން މައްޗަށް އަރާ ކަމަށެވެ. އަދި އެކަން ފެށީ މިދިޔަ އަހަރުގެ ތެރޭގައިކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ރައީސް ސޯލިހު މަސައްކަތް ފެށީ ޕްރައިމެރީގައި އެމަނިކުފާނަށް ވޯޓު މަދުވެދާނެކަމަށް ބެލެވިގެން ކަމަށެވެ. ވަކި ކުރި މެމްބަރުންނަކީ އެއީ އެމްޑީޕީގެ ގިނަ ދުވަސް ވީ، ޕާޓީގެ އަސްލު މެމްބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކޮށް، ސާފު ކުރުން މުހިންމު ނަމަވެސް ރައީސް ސޯލިހު އިސް ކުރެއްވީ އަމިއްލަ މަސްލަހަތުކަން ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ.

ރައީސް ނަޝީދު ރައީސް ސާލިހަށް ތުހުމަތުތަކެއް އަމާޒުކުރެއްވި އިރު، އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުގެ މަގާމުގައި ހުންނަވާ އިބްރާހިމް ވަހީދުވަނީ އެ ޕާޓީގެ އަމިއްލަ ދަފްތަރުގައި ސާޅީސް ހާހަށްވުރެ ގިނަ އެހެނިހެން ޕާޓީތަކާއި ވަކި ޕާޓީއެއްގައި އިލެކްޝަންސްގެ ދަފްތަރުގައި ރެޖިސްޓަވެފައި ނުވާ މެމްބަރުން ތިބި ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ނަޝީދަށް ޕްރައިމަރީ ކާމިޔާބު ނުވާނެކަން އެގިއްޖެ ގައުމީ މަޖިލީހުގެ މެޖޯރިޓީ އިބޫއަށް އޮތްކަން އެގުނު ހިސާބުން. ދެން މިހާރު ދަފްތަރޭ ދަތްދޮޅިއޭ ކިޔައިގަނެގެން ލަދަކުން ސަލާމަތްވާން ތިއުޅެނީ

  2. ރިޔާސީ އިންތިހާބުގެ ވޯޓަށް 6 ވަރަކަށް މަސް ބާކީ އޮއްވާ %2 ޖީއެސްޓީ ބޮޑުކޮށް ކޮތަޅަކުން 2ރ ނަގަން ނިންމި ސޭކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް. މުޅި ދުނިޔެއާއި ދެކޮޅަށް ރާއްޖެ ކުނިގޮޑަކަށް ހަދަން ހުއްދަދިން ސޭކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް އަރިހުގައި ތިބި ބައެއްގެ ހެއްލުމަށް ރަށްރަަށުގައި ހިއްކާފަ ހުރި ބިންތަކުން ރައްޔިތުންނަށް ގޯތި ދޭން ހުއްދަނުދޭ މީހަކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް އާބާދީ ބޮޑެތި ރަށްރަށަށް ވެފައި ހުރި ވައުދުތަށް ނުފުއްދާ 800 މީހުން ހަމަނުވާ އާބާދީތަކަށް ވައުދު ވެފައިވެސް ނެތް ބޮޑެތި ބިޔަ ޕޮރޮޖެކްޓްތަށް ގެންގޮސް އެންޕީން ގަންނަން އުޅޭ ސޭކަކަށް މެގޭ ވޯޓެއް ދެވޭކަށް ނެތް މީހަކު އެއްޗެކޭ ބުނާއިރަށް ކީރިތި ކުރެއްވި ގަޔަށް ހީސްލެވޭ މީހަކަށް އަމުދުން މަށެއް ވޯޓެއް ނުދޭނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: