ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއު، ޝާހިދަށް: “ހިޔަޅު ވަގަކީ” ތިއީ، ސޯސަން މަގުގައި ގެ އެޅީ ކިހިނެއްކަން ޖަވާބު ދީ!

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ:ފޮޓޯ/ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ރައީސް އަބްދުﷲ ޔާމިން ދިރިއުޅުއްވަން ގެއެއް އެޅުއްވިކަމަށް ބުނާއިރު ސޯސަން މަގުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޅުއްވާފައި ހުރި ގެެއަޅަން ފައިސާ ހޯދި ގޮތާއި މެދު މާބޮޑަށް ސުވާލު އުފެދޭކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމެރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓީމުގެ ޖަގަހަ ޖަލްސާގައި ޝާހިދު ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ އެމަނިކުފާނު ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވީކަމުގެ ތުހުމަތު ކުރައްވާފަ އެވެ. ދައުލަތުގެ ބަޖެޓުން ޒުވާނުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި، އެ ފައިސާ ހޭދަ ކުރެއްވި ގޮތް ރާޅުގަނޑު ސަރަހައްދުގައި 25 ބުރިއަށް ހަދަމުންދާ ގެއިން ފެންނާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އެއް ޓަވަރު ވެސް ރައީސް ޔާމީންގެ ޖީބަށް ލެއްވީކަމަށާއި އެ ފައިސާއަސް ވެސް ހިޔާނާތްވިކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅުގެ “ފެލާލައިފި” ޖަލްސާގައި މިރޭ ޝުޖާއު ވަނީ ޝާޙިދަށް ރައްދު ދެއްވާފަ އެވެ. ރައްޔިތުން ކައިރީ ހާސްނުވުމަށް ފަހު، ގައުމު ހާލުގައި ޖެއްސީ މި ސަރުކާރުންކަމަށް ޝުޖާއު ވިދާޅުވި އެވެ. ސަރުކާރުގައި ހުރެ އެންމެ ބޮޑަށް އަމިއްލަ މަންފާއަށް މަސައްކަތް ކުރައްވާ ބޭފުޅަކީ ޝާހިދުކަމަށް ތުހުމަތު ކުރައްވާ ޝުޖާއު ވިދާޅުވީ ޔޫއެންގެ ޖެނެރަލް އެސަމްބްލީގެ ރައީސަކަށް ހުންނެވި ދުވަސްވަރު ރައްޔިތުންގެ ޓެކްސް ފައިސާއިން އޭނާ މުސާރަ ނެންގެވި ކަމަށެވެ.

އަހަރު ދުވަސް ރާއްޖެއިން ބޭރުގައި ހޭދަ ކުރެއްވީ ރާއްޖޭގައި ހާރިޖީ ވަޒީރެއްގެ ޒިންމާ އަދާނުކޮށްކަމަށްވާއިރު އެ މަގާމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ދޭ މުސާރަ ވެގެން ދާނީ ހިޔާނާތުގެ ފައިސާއަށްކަމަށް ޝާހިދު ވިދާޅުވި އެވެ.

“ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންގެ ފައިސާއިން އޭނާ ވަނީ މުސާރަ ނަގާފަ.. މިއީ ގައުމަށް ވީ ވަރަށް ބޮޑު ހިޔާނާތެއް”

ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސް ވަރު ރައީސް އޮފީހުގައި އުޅޭ މީހަކަށް އަމާޒުކޮށް އެއީ ވަގެއްކަމަށް ބުނާތީ އަޑުއިވުނު ކަމަށެވެ. އެ މީހާގެ ހުންނަ ސިފަތައް ކިޔައިދިން އިރު އެއީ ޝާހިދުކަމަށް ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓަށް، އަމާޒުކޮށް ފާޑުވިދާޅުވި އިރު ޝާހިދަށް އޭނާގެ އަމިއްލަ މަސައްކަތްތައް ނޭނގޭކަމަށް ޝުޖާއު ވިދާޅުވި އެވެ.

“ބުނީ ކުރުކޮށޭ ހުންނާނީ.. ބަލާލި އިރު މި ހިޔަޅު ކަލޭގެ”

ޝުޖާއު ވިދާޅުވީ، ހ. ދޫވެއްސަކީ ރައީސް ޔާމީން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް އެޅުއްވި ގެއެއްކަމަށް ޝާހިދު ވިދާޅުވި އިރު ސޯސަން މަގުގައި ހުރި މިސްކިތް ކުރިމަތީ ހުރި ގެއަކީ ވެސް ހަމަ އެގޮތުގެ މަތީން ހޯދާފައި ހުރި ފައިސާއިން އެޅި ގެއެއް ތޯ ރައްޔިތުން ސުވާލު ކުރާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ދިވެހިން އެންމެ ބޮޑަށް ބޭނުން ވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ ޖެހުމަށް ނިމުމެއް ގެނައުމަށްކަމަށާއި އެކަމަށް މަސައްކަތް ފަށައި ކާމިޔާބު ހޯއްދެވީ ރައީސް ޔާމީންކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އެތަނުގައި އެޅުމަށް ހަމަޖެހިފައި އޮތީ ހަތަރު ޓަވަރުކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

“އެތާ އަޅަން ޖެހޭވަރަށް އެހެރީ ޓަވަރު އަޅާފަ.. އަޅުގަނޑުމެން ބެންކް އޮފް މޯލްޑިވްސަށް ދިޔައިން އަބްދުﷲ ޝާހިދު އަޅުގަނޑުމެން އެތަނަށް ދިޔައީ އެތާގަ ފައިސާ ހުރި ވަރު ބަލާކަށް ނޫން.. ދިވެހި ސަރުކާރުން އަމަލު ކުރަމުން ދަނީ ކިހިނެއް ތޯ ބަލަން ދިޔައީ… އަޅުގަނޑުމެން ކުރި ސުވާލަކީ ކީއްވެހޭ ސަރުކާރުން ބޮންޑު ނުވިއްކަނީ ބޭންކަށް.. ބުނީމަ ބުނީ ކީއްތޯ އޭ ކުރާނީ އަޅުގަނޑުމެންގެ ރޭޓާއި އެ މީހުންގެ ރޭޓާ ދިމާ ނުވެ އޭ… އަބްދުﷲ ޝާހިދޫ ބަލަ އަޅުގަނޑުމެން ދިޔައީ އެކަން ކަށަވަރު ކުރާށޭ… ކަލޭމެން ވައްކަން ކުރާތީވެ އޭ”

ޝުޖާއު ވިދާޅުވީ ސާފު ކުރަން ބޭނުން ވީ ނަހަމަ ގޮތުގައި ދައުލަތަށް ނަގާ ފައިސާ އާއި ގުޅޭގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ހިޔާނާތްވެ، ރައްޔިތުންގެ އެކައުންޓުން ފައިސާ ލިމިޓު ކުރާތީ އެކަން ރައްޔިތުންގެ ފަރާތުން އައި ޝާކުވާތައް ސާފު ކުރުކަމަށް ކަމަށެވެ.

ސަރުކާރުން ކުރާ “ވައްކަމުގެ” ވާހަކަ ދެއްކުމުން އަސަރު ކުރާނެކަމަށާއި، ފާޑުކިޔަނީ އޭގެ ސަބަބުންކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހުރި އެންމެ ބޮޑު “ވަގަކީ” ޝާހިދުކަމަށް ޝުޖާއު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: