ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

ޖަލްސާގެ މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ، ވޭތުވެ ދިޔަ އަހަރުގެ ކުންފުނީގެ ކުރިއެރުންތަކާއި މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ، ބަލިމަޑުކަމުން އަރައިގަތުމަށް ކުރި މަސައްކަތްތަކަށް ފަހު އިގްތިސާދަށް އައި ހީނަރުކަމާއި ދިމާވި ގޮންޖެހުންތަކާއި އެކު ވެސް ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓުނުކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ދަތި އުނދަގޫ ވަގުތުގެ ތެރޭގައި، ކުންފުނިންނާއި ސަރުކާރުން ރައްޔިތުންނަށް އެކި ގޮތްގޮތުން ވެދިން އެހީ ސްޓެލްކޯއިން ފާހަގަކުރި އެވެ.

އަހަރީ އާއްމު ޖަލްސާގައި ސްޓެލްކޯއިން 2023 ވަނަ އަހަރަށް ކުންފުނިން ލަފާ ކުރާ ބަޖެޓު ހުށަހެޅި އިރު، މިއީ ސާޕަލްސް ބަޖެޓެކެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލުވުމާއި އަދި ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި ކުންފުނީގެ ގްރިޑުގައި ބޭނުން ކުރާ 35 އިންސައްތައަކީ އިޔާދަ ކުރަނުވި ހަކަތަށް ހެދުންކަމަށް މައުލޫމާތު ދިނެވެ. ތެލަށް ކުރާ ހަރަދު ކުޑަކޮށް އިޔާދަ ކުރުވަނި، ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށް ދާއިރާއިން އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމުގެ މުހިންމުކަން ފާހަގަކޮށް ސްޓެލްކޯއިން ބުނެފައި ވަނީ ކުންފުނީގެ ވިޔަފާރި ޑައިވާސިފައިކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަށް އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ކުރާނެ ކަމަށެވެ.

ހާއްސަކޮށް ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ކުންފުނިން ބުނެ އެވެ. އަދި އަދި ގްރޭޓާ މާލޭ އިންޓާކަނެކްޝަން ގްރިޑްގެ ފޭސް ދޭއްގެ މަސައްކަތް ފަށައި، މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލާނެކަމަށް ބުންޏެވެ.

އަހަރީ އާއްމު ޖަލްސާގައި ސްޓެލްކޯއިން ވަނީ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް ނިންމާފަ އެވެ. އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާޓްސިލާއާއި ގުޅިގެން ކުރިޔަށް ދާއިރު، ސިސްޓަމް ގާއިމް ކުރެވުމާއި އެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެކަން ސްޓެލްކޯއިން ފާހަގަކުރި އެވެ.

ސްޓެލްކޯއިން ބުނީ 2020 ވަނަ އަހަރާއި އަޅާބަލާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ އިމްޕްރޫވް ވެފައިވާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) ވަނީ 26 އިންސައްތަ އިމްޕްރޫވްވެފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން ފާހަގަކޮށް، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ރައީސަށް ޝުކުރު ދަންނަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: