ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮވަރެއިން ފަނޑުގެ ސައިޒު 7 ބިލިއަނަށް އަރައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު ނިމިގެންދިޔަ އިރު، ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުގެ ސައިޒު 7 ބިލިއަނަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް އިން ކޮންމެ ހަފްތާއަކުވެސް ނެެރޭ ތަފާސް ހިސާބުތަކުން ދައްކާގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފް ފަންޑުގައި ޖުމުލަކޮށް ހުންނަންޖެހެނީ 5.8 ބިލިއަން ރުފިޔާ އާއި ގާތް ކުރާ އަދަދެކެވެ. އަދި އެ ފަންޑުގައި ބާކީ ހުރިކަމަށް ބުނެފައިވަނީ 764 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފަންޑުގެ ސައިޒަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ޖުމުލަ ފަންޑުގެ ސައިޒު 7.2 ބިލިއަން ރުފިޔާ އާއި ގާތް ކުރާ ކަމަށް ބުނާއިރު، ފިނޭންސް އިން ބުނެފައިވާގޮތުން މިހާރު ފަންޑުގެ ބެލެންސް ގޮތުގައި ހުރީ 2.1 ބިލިއަނާއި ގާތް ކުރާ އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން، ސަރުކާރުންވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހާއި 29 ވަނަ ދުވަހުގެ ދެމެދު ކަނޑައެޅިފައިވާ 2022 ވަނަ އަހަރުގެ ބަޖެޓުން 3.6 ބިލިއަނާއި ގާތް ކުރާ އަދަދެއް ބޭނުންކޮށްފައެވެ. އަދި ޖުމުލަ ބަޖެޓު ގޮތުގައި ކަނޑައެޅިފައިވަނީ 40 ބިލިއަނާއި ގާތް ކުރާ އަދަދެއް ކަމަށްވާއިރު، ސަރުކާރުންވަނީ 29 ވަނަ ދުވަހުގެ ނިޔަލަށް މި ބަޖެޓުގެ 99.8 އިންސައްތަ ބޭނުންކޮށްފައެވެ.

ފަންްޑުގެ ސައިޒު އިތުރުވެގޮސްފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ދާދި ފަހުން ނެރުނު މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ އެމްއެމްއޭގެ ރިޕޯޓެއްގައި ވަނީ އެސްޑީއެފް އިން އިންވެސްޓުކޮށްފައި ހުރުމާއި ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުރިކަން ހިއްސާކޮށް އެކަން ހައްލުކުރުމަށް ލަފާ ދީފައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން، އެސްޑީއެފް ފަންޑު ލިބުމުގައި ލަސްތަކެއް ވެއްޖެ ހާލަތެއްގައި ދިވެހިރާއްޖެއަށް ދަރަނިތައް ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެއެވެ. އެހެންކަމުން އެ މުއައްސަސާއިންވަނީ ފަންޑުން ކޮށްފައިވާ އިންވެސްޓުމެންޓު ފައިދާ އާއި އެކު އަނބުރާ ހޯދުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށް ލަފާ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: