ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލަން ފިހާރާގައި ރޯވި އަލިފާނުގެ 70 އިންސައްތަ ކޮންޓްރޯލްކޮށްފި

ނީލަ ފިހާރާގައި ރޯވި އަލިފާނުގެ މަންޒަރުތައް.
ޝެއާރކޮށްލާ ކަހަލަދޯ؟

ނީލަ ފިހާރާގައި ރޯވި އަލިފާނުގެ 70 އިންސައްތަ ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރޭ 5:59 އެމްއެންޑީއެފްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.

އެއަށްފަހު މިއަދު ހެދުނު އެމްއެންޑީއެފްއިން ބުނެފައިވަނީ ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާގައި ފެތުރެމުންދިޔަ އަލިފާންގަނޑު ވަނީ ކޮންޓްރޯލްވެފައިކަމަށެވެ. އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަނީ

އެންމެ ފަހުން އެމްއެންޑީއެފްއިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މި އަލިފާންގަނޑުގެ 70 އިންސައްތަ ވަނީ ކޮންޓްރޯލްކުރެވިފައެވެ. އަދި ދެ ފަޅީގައި ރޯވި އަލިފާންގަނޑު ނިންވާލެވިފައިވާކަމަށާއި، ނަމަވެސް މެދުތެރޭ އަދިވެސް ރީޗް ނުވެވޭ ހިސާބުތައް އެބަހުރިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި އަލިފާންގަނޑާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ނީލަން ފިހާރާއިގައި ރޯވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި ވަނީ ރޯވެފައި ކަމަށެވެ.

މިވަގުތު މުވައްޒަފުން ތިބީ އިމާދުއްދީން ސްކޫލުގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އަލިފާންގަނޑުން ކޮށްފައިވާ އަސަރާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ބްލޮކްގެ ތެރެއިން 1 ބްލޮކް ވަނީ އެއްކޮށް އަދާފައިކަމަށެވެ. އެ ބްލޮކްއަށް ފަޔާ އެންޑް ރެސްކިއު ސާވިސް ގެ ސިފައި ވަދެ ބެލި ބެލުމުން އެއްވެސް މީހަކު އެތަނުން ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: