ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލަން ފިހާރައިގައި ރޯވުން: މާލެ ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވައްޒަފުން ހާލުގައި ޖެހިފައި!

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަދި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތިހުގެ ވަގުތެއްގައި ނީލަ ފިހާރަގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވައްޒަފުން ހާލުގައި ޖެހިފައިވާކަމަށް ކައުންސިލުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުއެވެ. ހާދިސާގައި މާލެ ސިޓީ ކައުންސިލުގެ މުވައަޒިފުންގެ އެކޮމޮޑޭޝާން ބްލޮކްއެއްވަނީ އެކީ ރޯވެ އަދާފައިކަމަށް ސިޓީ ކައުންސިލުން ވަނީ މައުލޫމާތުދެއްވާފައެވެ.

ވަގުތީ ގޮތުން އިމާދުންދީނު ސުކޫލަށް ހުރިހާ ބިދޭސީއިންވެސް ގެންގޮސްފައިވާއިރު، ނޭޝަނަލް ޑިސާސްޓާ މެނޭޖުމެންޓްއިން ދަނީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކާތަކެތި ފޯރުކޮށްދީފައިވާކަމަށް ސިޓީ ކައުންސިލުން ބުނިއެވެ.

ނަމަވެސް އަދި މިހާތަނަށް ވަގުތީ ގޮތުން ނިދުމުގެ އިންތިޒާމްތަކައިއެކު ހަމަޖެހިފައިވާ ތަނެއް ފޯރުކޮށްދީފައިނުވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީއިން އިމާދުއްދީން ސުކޫލުގައި ތިބި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، ބަނގްލަދޭޝްގެ އެމްބަސަޑަރ ވަނީ ޒިޔާރާތްކުރައްވާފައެވެ.

މި ހާދިސާއާއި ގުޅިގެން އިމާދުއްދީނު ސުކޫލު އަދި އިއްޒުދީނު ސުކޫލުގެ ކިޔެވުން މިއަދު ނޯންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދާދި ގާތުން ރާއްޖޭގެ 3 ސަރަހައްދެއްގައި ބޮޑު އަލިފާނުގެ ހާދިސާތަކެއް ހިގާފައިވާ ވާތީ ފުލުހުން ވަނީ ހާއްސަ ތަހުގީގެއްވެސް ފަށާފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ އާއި އަތޮޅުތަކުގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފަށާފައިވާކަމަށެވެ. އަދި މިކަމުގައި އާންމުންގެ އެހީތެރިކަން ބޭޏުންވާކަން ވަނީ ފާހަގަަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: