ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލަން ފިހާރައިގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ކޮންޓްރޯލްކޮށްފި

އަލިފާން ރޯވި ސަރަހައްދުގެ އެންމެ ފަހުގެ މަންޒަރުތައް.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންޓްރޯލްކޮށްފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު ފަތިހު 05:43 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައިކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައިކަމަށް މައުލޫމާތުދީފައިވާއިރު، މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައިކަމަށް އެމްއެންޑީފްއިން ބުނެފައިވެއެވެ.

އެމްއެންޑީފްއިން ބުނެފައިވަނީ މިހާދިސާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި ޢިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން މިއަދު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައިކަމަށެވެ. އަދި ނީލަން ފިހާރައިގެ އިރު މަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރުކަމަށް ބުނެފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ނީލަން ފިހާރައިގެ އުތުރުގައި މީހުން ދިރިއުޅުނު ލޭބަރ ކުއާޓަރގައި ރޯވި އަލިފާން ކޮންޓްރޯލްވުމުން، ފަޔަރމަނުން އެތަނަށްވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައެއް ނުވާކަމަށް ބުންޏެވެ.

އެމްޑީއެފްއިން ބުނެފައިވަނީ ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ސާމާނުހުރި ތަނެއްކަމުން އެކްސްކަވޭޓަރުގެ އެހީގައި ސިފައިން ދަނީ އަދިވެސް އިތުރަށް އެތަނުގައި މަސައްކަތް ކުރަމުންކަމަށެވެ. އަދި ފިހާރައާއި ޖެހިގެން ހުންނަ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔައީ ރާއްޖެއިން ބޭރުގެ މީހުންކަމަށާއި، އޭގެ ތެރޭގައި ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެއް އެތަނުގައި ދިރިއުޅޭކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މިހުރިހާ މީހުންނަކީ މާލެ ސީޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންއަންނަ މީހުންކަމަށާއި، މިމީހުންގެ އެންމެން ހަމަކަމަށާއި އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާކަމަށް އެމްއެންޑީފްއިން ބުނެފައިވެއެވެ.

ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔަ ރާއްޖެއިން ބޭރު މީހުންގެ ބޯހިޔާވަހިކަމުގެ ކަންކަން ހަމަޖައްސައިދިނުމުގައި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ މަސައްކަތް ކުރަމުންކަމަށް މީޑިއާތަަކަށް ފޮނުވި މެސެޖުގައި އެމްއެންޑީފްއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: