ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓަކީ ރައީސް ޔާމީން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދިވެސް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ހުޅުމާލޭ ކައުންސެލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ އެންމެ މުހިންމު ސަބަބެއްކަމުގައި ޝުޖާއު ފާހަގަކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކެމްޕެއިންގެ އެންމެ މުހިންމު މަސައްކަތް އިއުލާންކުރެއްވުމަށްކަމަށެވެ. އެގޮތުން ޖެނުއަރީ 19 އަދި 20 މި ދެ ދުވަހު ޕީޕީއެމްގެ ރަސްމީ ކޮންފަރެންސް އޮންނާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ކޮންފަރެންސް އޮންނާނީ އާރޓިފިޝަލް ބީޗްގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ކޮންފަރެންސް ނިމިގެންދާއިރު އަޅުގަނޑުމެން ދާއިރާތައް އޮންނާނީ ފައްކާވެފައި. އަޅުގަނޑުމެން ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް އެއްކުރުންވެސް ދާއިރާ ރައީސުންނާއިއެކު ފެށިގެންދާނެ. މި ފެށީ ޕީޕީއެމްގެ 2023 އެންމެ މުހިންމު މަސައްކަތް

މި ކޮންފަރެންސްގެ ތެރޭގައި އެބޭފުޅުންގެ ހުރިހާ ސަފުތައް ރުކުރުވާލުން އޮންނާނެކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނީ އެބޭފުޅުންގެ އިންތިހާބީ ޕާޓީގެ ހުރިހާ ރަސްމީ ގުނަވަންތަކެއްގެ، މެންބަރުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެންމެ އިސްކޮށް ދާއިރާތަކުގެ ރައީސުން ހިމެނިވަޑައިގަންނަވާނެކަމަށާއި، އެއަށްފަހު ދާއިރާތަކުގެ ނައިބު ރައީސުންނާއި، ސްޓެއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި އެ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގެ އަންހެނުންގެ ރޫހުގެ ރައީސުންނާއި ނައިބު ރައީސުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ މި ކޮންފަރެންސްގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކާއި، އެގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ރައީސް ޔާމީން ޖަލުގައި ބައިންދައިގެން އެހާ ފަސޭހައިން ކެމްޕެއިން ކުރެއްވިޔަ ނުދިނުމަށްޓަކައި ޕާޓީގެ ގުނަންތަކުގެ މެންބަރުން ތަމްރީނުކުރުންވެސް އޮންނާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައިސް އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރު އަޅުގަނޑުމެން ކުޑަ ކަކުލަށް ތިރިކުރާނަން. މި ސަރުކާރު އަޅުގަނޑުމެން ބަލިކުރާނަން. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ލާހިކު ކުޅަދާނައެއްނޫން 2023 ގައި މި ގައުމުގެ ވެރިކަމަށް އަންނާކައް

މި ކޮންފަރެންސް ނިމިގެންދާއިރު އެބޭފުޅުންގެ ހުރިހާ ދާއިރާތަކުގެ ރައީސުން ވޯޓު ފޮށިން ވައްކަންނުކުރެވޭނެ ވަރަށް، ފޮށިތައް ސެކުއާ ކުރުމުގެ ތަމްރީނު ލިބިފައި ހުންނާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުއްމީދުގެ ދަންމަރު އޮތީ ޖަލުގެ ތޭރިތަކުގައިކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދަންމަރު ޖަލު ފަޅާ ނިކުންނާނެކަމަށާއި، ދިވެހި ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދޭނެކަމަށެވެ. އަދި ރައީސް ޔާމީންއަށް ޖަލުގައި ދެމުންދަނީ ނުހައްގު އަނިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާ އެކަނތައް ހުއްޓާލުމަށް އޭނާ ސަރުކާރަށް ގޮވާލިއެވެ. ޝުޖާއު ވިދާޅުވީ ޑިމޮކްރެޓިކް އެންމެ ރީތި ހަމައަކީ ވާދަކޮށްގެން އިންތިހާބު ކާމިޔާބުކުރުންކަމަށެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: