ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2.14 ބިލިއަންގެ ޓީބިލު ވިއްކަން ހުޅުވާލައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މުއްދަތުތަކުގައި ދައްކާ ގޮތަށް ސަރުކާރުން ޖުމުލަ ގޮތެއްގައި 2.14 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ނެރިފައިވާ އިއުލާނެއްގައި ދައްކާގޮތުން، ވިއްކުމަށް ހުޅުވާލެވިފައިވަނީ 4 ޓީބިލެކެވެ. އެގޮތުން 950 މިލިއަން އަދި 220 މިލިއަންނާއި 153.5 މިލިއަންގެ އިތުރުން 817.1 މިލިއަންގެ ޓީބިލެއް ވިއްކުމަށް ހަމަޖެހިފައިވެއެވެ.

ވިއްކުމަށް ހުޅުވާލެވިފައިވާ ޓީބިލުތައް ވިއްކުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގައެވެ. 3.50ގެ އިންޓްރެސްޓު ރޭޓުގައި ދޫކޮށްފައިވާ 950 މިލިއަންގެ ޓީބިލުގުގެ އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވަނީ 28 ދުވަހުގެ ތެރޭގައިކަމަށްވާއިރު، 3.87 ގެ ރޭޓުން ދޫކޮށްފައިވާ 220 މިލިއަންގެ ޓީބިލު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވަނީ 98 ދުވަހުގެ ތެރޭގައެވެ. އަދި 4.23 ގެ ރޭޓުން ދޫކޮށްފައިވާ 153.5 މިލިއަންގެ ޓީބިލު ދައްކާނީ 182 ދުވަހުގެ ތެރޭގައިކަމަށްވާއިރު، 4.60ގެ އިންޓްރެސްޓު ރޭޓެއްގައި ދޫކޮށްފައިވާ 817.1 މިލިއަން ދެއްކުމަށް ހަމަޖެހިފައިވަނީ ވިއްކާތާ 364 ދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: