ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުގައި ހިމެނޭ ބޭރުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ވަނީ ނިމިފައެވެ.

މީގެ އިތުރުން ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުމާއި، 478 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 6،858 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ޖެޓީއެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިބަނދަރު ހަދާތާ 4 އަހަރަށްވުރެ ގިނަދުވަސްވީ، ކުކުޅު ކާއެއްޗެތި ހޯދަން ހާވާގޮތައް އެންމެ އެކްސްކަވޭޓާރ އެއްލައިގެން ހާވަމުންދަނީ، ކުރީގެބަނދަރުގެ ޕޭމަންޓް ހަދަމުންގޮސް ވަކިވަރަކަށް ހެދުނުތަނާ ސިމެންތިގަށާ މެސިނުގެއްލިއްޖެ، ވީނުވީއެއް ބަލާލިއިރު މިވީގޮތަކީ އެހެންރަށެއްގަ ބަނދަރު ޕްރޮޖެކުޓް ފަށަން މެސިނުގެންދިޔައީ، މިހާރު އެމަސްއްކަތްވެސް ވަނީހުއްޓިފަ، ދިއްދޫގެ ހުރިހާކަމެއްވެސްދަނީ ބަރެވެލި ސްޕީޑުގަ، ރައްޔިތުންނަށް ކެއްކުރެވޭނީ ވަކިވަރަކަށް، ރައްޔިތުންގެ ލޭކެކި ގޯސްތަކެއްނުހެދެނީސް ސަރުކާރުންމިކަމާމެދު ވިސްނުން ބުއްދިވެރި، އެންމެފަހުންވެސް ރިއެކްޓް ނުކުރާ ރައީސް ދިއްދުއަށް އައިސް ރިބަންކަނޑަންޖެހުނީ އަމިއްލަ ކެންޕެއިން ޖަގަހަ ހުޅުވަން، އެންމެކަމެއްވެސް ނުނިމޭ، ހުރިހާކަމެއްވެސް އަންނަނީގަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: