ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ދައްކާނަން: އުމަރު

ރޭ އުމަރު ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ދިޔަރެސް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އޭނާގެ ކިބައިން ދިވެހި ރައްޔިތުންނަށް ދައްކާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އުމަރު ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި “އާ މިސްރާބަކަށް” މި ޝިއާރުގެ ދަށުން ކުރާ ކެމްޕެއިންގެ ތެރެއިން ރޭ “އުމަރު 2023” ގެ ނަމުގައި ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތަކުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރެއްވި ތުހުމަތުތަށް ފާހަގަކޮށް، އުމަރު ވިދާޅުވީ، ވަޒީފާ ބާހާކަމަށް ބުނެ ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކަކީ ހަގީގަތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓުވަމުންދާކަމަށް އުމަރު ވިދާޅުވިއެވެ.

5 މުވައްޒަފުން ލައިގެން ހިންގި އިންޖީނުގެތަކުގައި މިހާރު 30 ހަކަށް މުވައްޒަފުން ތިބޭކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ އިންޖީނުގެތަށް ފެނައިކައިގެ ބެލުމުގެ ދަށުން ނަގާ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރުމަށެވެ. އަދި އެއަށްފަހު އިންޖީނުގެތައް ހިންގާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އާ މިސްރާބަކަށް ރާއްޖެ މިކުރާ ދަތުރުގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމް ދީން އަދާކުރަމުން ގެންދާ ރޯލު އެހެން ހަރުފަތަކަށް ގެންދާނެކަމަށެވެ. އަދި އިސްލާމީ އުސޫލުތަކާއި، އިސްލާމީ ޝަރީއަތުގެ ހަމަތައް ދިވެހިރާއްޖޭގެ އެންމެ މަތީ އުންސުރަށް ހަދާނަންކަމަށް އުމަރު ވިދާޅުވިއެވެ.

ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް. އޭނަ ދޮގެއް ނަހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ސިފައަކީ

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަދުލުވެރިކަން ގާއިމްކުރާނެކަމަށާއި، އެންމެންނާއިމެދުވެސް ގެންގުޅޭނީ ހަމަހަމަ އުސޫލުތަކެއްކަމަށް ވިދާޅުވިއެވެ. އަދި ހައްގަށް މަސައްކަތްކުރުމުގައި އާއި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ވައުދު އުމަރު ވެވަޑައިގެންނެވިއެވެ.

ވަޒީފާ އާއި ފްލެޓު ލިބޭނީ، ގާބިލު ހައްގުވެރިޔާއަކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ކުށްތަކަށް އަރައިގަންނަ މީހުންނަށް ފިޔަވަޅުއާނެކަމަށެވެ.

އުމަރު ވިދާޅުވީ އޭނާ އެވާހަކަތައް އެ ދައްކަވަނީ މަހުޝަރުގެ ބިމުގައި ޖަވާބުދާރީވާންޖެހޭނެކަން އެނގިހުރެކަމަށެވެ. އަދި ވެރިކަންކޮށްފައި އޭނާ ދާނީ ސުވަރުގެއަށް ވަދެވޭނެވަރަށްކަމަށް އުމަރު ވިދާޅުވިއެވެ.

އޭނަގެ ހާރިޖީ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ހުރިހާ ގައުމުތަކަކާއިއެކުވެސް ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: