ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީގައި ތިބި 14 ދިވެހިންގެ ހާލުވެސް ރަނގަޅު: ފޮރިން މިނިސްޓްރީ

ތުރުކީއަށް އައި ބާރުގަދަ ބިންހެލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުގަދަ ބިންހެލުމެއް އެރި ތުރުކީގައި މިވަގުތު 14 ދިވެހިން އެބަތިބި ކަމަށާއި އެ ހުރިހާ އެންމެންވެސް ތިބީ ސަލާމަތުން ހެޔޮ ހާލުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ހާލު ފޮރިން މިނިސްޓްރީ އާއި، ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއިން ބަލަމުންދާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން ފޮރިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ޔުނައިޓެޑް ނޭޝަންސްގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ގުޅާ ހާލު ބަލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންވާނަމަ ފޮރިންމިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ. އަދި ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން ރަޖިސްޓްރީ ނުވާ މީހުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.

ތުރުކީ އަކީ މިފަހަކަށް އައިސް ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށް ދިއުމަށް މަގުބޫލު މަންޒިލަކަށް ވަނީ ވެފައެވެ.

މީގެ އިތުރުން ތުރުކީގައި މަތީތައުލީމް ހާސިލް ކުރުމަށް ބައެއް ދިވެހިން ގޮސްތިބިކަން ފާހަގަކޮށްލެވެއެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބިންހެލުމުގެ އަސަރު ފޯރި ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ދަށުވެ ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާއިރު ތުރުކީ އިން ވަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ ގެ ގައުމުތަކަށް ގޮވާލާފައެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސްދުވަހުގެ އެމަޖެންސީ އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: