ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ އިމުން ބޭރުން ކައިވެންޏެއް ކޮށްދިން މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު ސަސްޕެންޑުކޮށްފި

ގާޒީ ހަސަން ސައީދު: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ތެރޭގައި ގާނޫނާއި ހިލާފުވާގޮތަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވާގޮތަށް އަމަލުކުރެއްވިކަން ސާބިތުވެ ކްރިމަނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީއިން ބުނެފައިވާގޮތުން، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމެލީ ކޯޓޫގެ އިސްގާޒީގެ ހައިސިއްޔަތުން ގާޒީ ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރަރއަށް ލަފާ ދީފައިވާނަމަވެސް ފެމިލީ ކޯޓަށް ހުށަައެޅޭ ކައިވެނިތައް ކޮށްދިނުމާއިމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނާނީ އެ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރަރ އަތުގައެވެ.

އެހެންކަމުން ގާޒީ ސައީދު ދީފައިވާ ލަފާއެއްގެ ސަބަބުން ގާނޫނާއި ގަވައިދާ އަދި ފެމިލީ ކޯޓުން އަމަލުކުރާ އުސޫލުތަކަށް ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވާކަން ސާބިތުވެއެވެ. އަދި އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނު ހިލާފުކަމެއް ކަމަށްވުމުންް، ޖޭއެސްސީގެ ގާނޫނުގެ ދަށުން މުސާރަ އަދި އިނާޔަތްތައް ލިބޭ ގޮތަށް ގާޒީ ސައީދު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ނިޔަލަށްވަނީ ސަސްޕެންޑު ކުރެވިފައިކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: