ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމަށްފަހު ހުލާސާ ރިޕޯޓަށް ބަދަލުގެނައި މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި

ޏ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައެއްގެ ހުކުމް އިއްވުމަށްފަހު ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަށް ބަދަލުގެނައި މައްސަލައަކާއި ގުޅިގެން ޏ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަހްމަދު އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމާ ގުޅިގެން އެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ފެބްރުއަރީ 19، 2020 ގައި ޕީޖީ އޮފީހުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވަނީ ޕިޖީ އޮފީހުން އެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ހުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ރިޕޯޓެއް ކަމަށް ޖޭއެސްސީ އިން ބުނެ އެވެ. އަދި އެ ގަޒިއްޔާގައި ހުކުމްކޮށް ހުލާސާ ރިޕޯޓު ދޫކުރިފަހުން، ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައިވެސް މެޖިސްޓްރޭޓް އަހްމަދު އަކްރަމް ފާހަގަކޮށްފައި ނުވާ އިތުރު ނުކުތާތަކެއް ރިޕޯޓަށް އިތުރުކުރުމަކީ ކުރިން އިއްވި ހުކުމަށް ފަހުން ބަދަލު ގެނައުން ކަމުގައި އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

މިއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނަސް ހަގީގަތް އޮޅުވާލުންކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އެހެންކަމުން، އަކްރަމް  ހަތް ދުވަހަށް  މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: