ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް ފިޝަރީސް މިނިސްޓަރަށް: ރިޔާސީ ޓިކެޓު ލިބުމާއި ހަމައަށް ފިއްލަވައިގެން އުޅުވުމަށްފަހު، މިހާރު ކުރައްވަނީ ކެމްޕެއިން!

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ފާއިތުވީ 4 އަހަރުގެ ތެރޭގައި އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމަށާއި، ރިޔާސީ ޓިކެޓު ލިބުމުން ކެމްޕެއިންކުރުން ފިޔަވާ ކުރައްވަން އޮންނާނީ އިތުރުކޮންކަމެއްތޯ ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ބައްދަލުކުރެއްވުމުން ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ވެރިކަން ނިމުމަށް 6 މަސް ދުވަހަށްވެފައިވާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވެފައިވަނީ މި ދައުރުގައި ފާއިތުވީ 4 އަހަރު މަސައްކަތެއްކޮށްފައިނުވާކަމަށެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓު ލިބުމުން ކެމްޕެއިންކުރުން ނޫން އިތުރުކަމެއް ނެތްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވެފައިވަނީ މި ސަރުކާރުގައި ފާއިތުމިވީ ދުވަސްތަކުގެ ތެރޭގައި ފިޝަރީސް މިނިސްޓަރު އުޅުއްވީ މަސްވެރިންނާއި، އަދި މަސްވެރިންނާއި ގުޅުންހުރި ޖަމިއްޔާތަކަށް ފިލައިގެންކަމަށެވެ. އަދި ހަމަ އަގު މި ފެބުރުއަރީ މަހު ލިބޭނެކަމަށްވެސް ބުނިކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިން ދަނީ ބާނާ މަހުގެ ހަމަ އަގު ލިބިގެން ނުދާއިރު މަސް ރަނގަޅަށް ނުކިރޭކަމުގެ ޝަކުވާތައް ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާއިރަށް މިފަދައިން ތަކުރާރުވެގެންދާތީ އިހުތިޖާޖުކޮށް ސަރުކާރަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ.

މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދަކަށް ވީއިރު މިކަން ހާސިލް ކުރުމުގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމަށް މިވީހާ ތަނަށް އެކަށީގެންވާ މަސައްކަތަކެއްކުރެވިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ބެޔަސް ނުބެޔަސް ދޭން ވައުދުވެވަޑައިގެން 10،000 ރުފިޔާވެސް ދެވިފައިނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: