ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓީއަކީ ހުރިހާ ފިކުރެއްގެ މީހުންނަށް ގުޅެން ފަސޭހަ ޕާޓީއެއް: ޝާހު

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަކީ ހުރިހާ ފިކުރެއްގެ މީހުންނަށް ގުޅެން ފަސޭހަ ޕާޓީއެއް ކަމަށް ޖޭޕީގެ އެންވަޔަރަމަންޓް  ކޮމެޓީގެ މުގައްރިރު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޝާހް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ އިންތިހާބުތަކަށް ތައްޔާރުވުމުގައި ފާހަގަކޮށްލެވޭ ޕާޓީއެއް ކަމަށެވެ. އެގޮތުން އެޕާޓީ އިން މި މަހުގެ 24 އިން 25 އަށް ބާއްވާ ޕާޓީގެ ގައުމީ ކޮންފަރެންސަކީ ކައުންސިލް މެމްބަރުންނާއި ޕާޓީގެ އާއްމު މެމްބަރުންނާއި އެއްތަނަކުން ބައްދަލުވާނެ ކޮންފަރެންސެއް ކަމަށެވެ.

ޝާހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންގެ އިތުރުން ގައުމީ ކޮންފަރެންސުން އައްޔަން ކުރާ 25 މެމްބަރުންނާއި ސެކެޓްރީ ޖެނެރަލްގެ އިތުރުން ޓްރެޒަރަރ ފަދަ މަގާމްތައް ހިމެނޭ ކަމަށެވެ. އެގޮތުން މިފަހަރު ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޝާހު ވާދަ ކުރައްވަނީ ގައުމީ ކޮންފަރެންސް އިން އައްޔަންކުރާ 25 މެމްބަރުންގެ ތެރޭގައި ހިމެނޭ މަގާމަކަށެވެ.

ޕާޓީގެ ޑެލިގޭޝަން ލިސްޓް އެކުލަވާލި އިރުގައި ކޮންގްރެސް އަށް 700 އާއި 900 އާއި ދެމެދުގެ މީހުން އަންނާނެ ކަމަށް ލިސްޓްތަކުގައި ހިމެނޭ ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވިގެންދާ ގައުމީ ކޮންފަރެންސްގައި ޕާޓީގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ގޮފިތަކުގެ އެކި މަގާމްތަކުގައި ތިބި ބޭފުޅުންނާއި ބައްދަލުވެގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް، ޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމްތަކުގައި ތިބޭ ބޭފުޅުން ނަކީ އެކަމަށް ގާބިލް ބޭފުޅުންކަން ބައްލަވާ ކަމަށް ޝާހު ވިދާޅުވިއެވެ.

އެވާހަކަ ހަމަ ވަރަށް ގަދައަށް އަޅުގަނޑުމެން ކައުންސިލް ތެރޭގައިވެސް ދައްކާނެ. ދައްކާފައި ހަމަ އެގޮތަށް ލީޑަރަށް ގަބޫލުކުރެއްވޭ ޕާފޯމް ކުރެއްވޭ ބޭފުޅުން މަގާމްތަކަށްލީ

ސަރުކާރުގެ މަގާމަކާއި ހަވާލްވެގެން ހުންނަ މީހަކު، މަގާމުގެ ޒިންމާ އަދާކުރުމަށް ގާސިމް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ ވައުދަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައީސް ސާލިހްގެ ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމް ކުރުން ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ އެ ވައުދުގެ އިސް ދައުރެއް އަދާކުރާ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ކަމަށާއި ރައީސްގެ ވައުދު ތަންފީޒު ކުރުމަށް ކުންފުނީގެ ހުރިހާ މުވައްޒަފުން ނިކުމެތިބި ކަމަށް ޝާހު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: