ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެއްގެ ގޮތުގައި ނޫން ގޮތަކަށް ދެކުން އެއީ ރަނގަޅު ގޮތެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެއެއްގެ ގޮތުގައި ނޫން ގޮތަކަށް ދެކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދަިއން ވިދާޅުވީ ރައްޔިތުންގެ މަޖިލީޙުގެ ގަވާއިދަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅި އިސްލާހަށް ބަހުސް ކުރުމުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގެ ވާހަކަ ދައްކަވާ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދެއްކެވުމުންނެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވާއިރު ބައެއް މެމްބަރުންގެ ވާހަކަފުޅު ހުންނަ ގޮތުން މަޖިލީހަކީ ވަކި ޕާޓީއެއްގެ ހަރުގެއެއްހެން ސިފަވާ ކަމަށެވެ. އަދި އެއީ ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގައި ޖާބިރު ފާހަގަ ކުރެއްވިއެވެ.

ޖާބިރުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މަޖިލީޙުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީޙުގެ ގަވާއިދުގައިވާ ގޮތުން މަޖިލިސް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ވަރަށް ބޮޑު ދައުރެއް އޮންނަ ކަމަށެވެ. އެހެން ކަމުން މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެއެއް ނޫން ގޮތަށް ދެކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ ހަރުގެ ކަމަށާއި މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ހިނގާ ޒުވާބުތަކާއި ދެބަސްވުންތަކާއި އަދި އެއްބަސްވުންތައް ވެސް ވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ އަދި ގާނޫނުއަސާސީ ވެސް އަމާޒް ހިފާ ގޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: