ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުން ކަންކަން ސީރިއަސްކޮށް ނަގާނީ ކުންފުނިން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީގެން: މާރިޔާ

ށް "ބިނާރު" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާ މާރިޔާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުން ބޭނުންވާ ކަންކަން ތަންފީޒްކުރަން ތިބި މުވައްޒަފުން އެކަންކަން ތަންފީޒްކުރުން ސީރިއަސްކޮށް ނަގާނީ އެ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމާއި، ސަލާމަތް ކަށަވަރުވެގެންކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުވައްޒަފުންނަށް ހާއްސަކޮށް “ބިނާރު” ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކައިގައި މާރިޔާ ވިދާޅުވީ ދިވެހިރާއްޖެއަށް ބޭނުންވާ ކޮންމެ ބޮޑުކަމެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދާކުރާ ދައުރަކީ އިތުރު އެހެން ބަޔަކަށް އަދާކުރެވޭނެ ދައުރެއްނޫންކަމަށެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައިވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ހިއްސާ ވަރަށް ބޮޑުކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. ހުއްޓުމެއް ނެތި އެއާޕޯޓު އޮޕަރޭޓުކުރަމުންދިޔަކަމަށާއި، އަދި އޮޕަރޭޝަންސްތައްވެސް ވަރަށް ރަނގަޅަށް މެނޭޖުކުރެއްވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިޔާމަތްކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތަކީ މިނިމަމް ވޭޖު ކަނޑައެޅުމުން، އެހިސާބުން ނިންމާލާނެ މަސައްކަތްތަކެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން ހުރިހާ މާނައެއްގައިވެސް މި ސަރުކާރުން މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދީ، ސަލާމަތްތެރިވެއްޓެއް މަސައްކަތްތެރިންނަށް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަމާޒުކަމަށް މާރިޔާ ވިދާޅުވިއެވެ.

ސަރުކާރުގެ މި އަމާޒާއި، އެއްގޮތަށް މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީ ސިއްހީ ރައްކާތެރިކަން ހޯދައިދިނުމަށް އެންމެ ފުޅާކޮށް ކެމްޕެއިންއެއް ފެށީ އެމްއޭސީއެލްއިންކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އެހެން އޭޖެންސީތަކާއި އެސްއޯއީތަކުންވެސް  އެމްއޭސީއެލްއިން ކުރިއަށްގެންދަވާ ހަރަކަތުން މިސާލުން ނަންގަވާ މި މަގަށް މަސައްކަތްކުރެއްވުމަށް މާރިޔާ އެދިވަޑައިގަތެވެ.

އެހެން އެޖެންސީތަކާއި އެސްއޯއީ ތަކުންވެސް މިޙަރަކާތުން މިސާލު ނަންގަވާ ސެކިއުރިޓީ އާއި މުވައްޒަފުންގެ ސިއްޙަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަޤާފަތެއް އަށަގެންނެވުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެން

މިކަމުގައި އެމްއޭސީއެލްގެ އިތުރުން އެއާޕޯޓްގައި މަސައްކަތްކުރާ ތަފާތު އިދާރާތަކުގެ މަޝްވަރާ އާއި ބައިވެރިވުން އިތުރުކުރުމަށް ރާވާފައިވާކަމަށް ފާޙަގަކުރައްވާ މާރިޔާ ވިދާޅުވީ މިއީ މި ޕްރޮގްރާމް ފުރިހަމަވާ ސަބަބުކަމަށެވެ. ސޭފްޓީ އެންޑް ސެކިއުރިޓީގެ ކަންކަމަކީ އެމްއޭސީއެލްއިން އެންމެ އިސްކަންދޭ 3 ވަނަ ކަންކަމަށް ފާހަކޮށް މާރިޔާ ވިދާޅުވީ، އެހެންކަމުން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މަސައްކަތަކީ އެމްއޭސީއެލް ތަބީއީ މަސައްކަތެއްކަމަށެވެ. އަދި މިހާރު މިފަށާ މަސައްކަތުގެ ބޭނުމަކީ ރަނގަޅު ކުރަންޖެހިފަ ހުރިކަންކަން ރަގަޅުކޮށް މުވައްޒަފުންނަށް ފޯކަސްކޮށްގެން ހާއްސަ މަސައްކަތްތަކެއް ކުރުންކަމަށް މާރިޔާ ވިދާޅުވިއެވެ.

އެއާޕޯޓްގެ ސެކިއުރިޓީ އެންމެ މަތީ މިންގަނޑުގައި ބަލަހައްޓަން ކުންފުނިން އަބަދުވެސް ބޭނުންވާނެކަމަށާއި، ނަމަވެސް އެކަން ތަންފިޒްކުރަން ތިބޭ މުވައްޒަފުން އެކަން ސީރިއަސްކަމެއްގެ ގޮތުގައި ނަގާނީ އެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ސަލަމަތާއި، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރެވިގެންކަމަށް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: