ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މި މަހު ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫ ގަން އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން މި މަހު މޮބިލައިޒޭޝަން ފަށާނެ ކަމަށެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ އައްޑޫ ހަންކެޑެ އަކީ އައްޑޫ ސިޓީ އާލާކޮށް، ފަތުރުވެރިކަމުގެ ތަޖުރިބާ އިތުރުކޮށްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހަންކެޑެ ތަރައްގީ ކުރަން ހަމަޖެހިފައިވާތީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކުރުމަށް އެ ހިސާބު ގައި ދަނީ އިތުރު ބްރިޖެއް އަޅައި މަރަދޫގެ ބޮޑު މަގާ ދިމާލުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އެފްކޮންސް އިން ކުރިއަށް ގެންދާ އެ މަސައްކަތް މިހާރު އޮތީ ބޮޑުބައި ނިމިފައެވެ.

ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ  ޑިސެމްބަރު  މަހުގެ 2 ވަނަ ދުވަހުއެވެ.

ހަންކެޑަ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެމްއެފްއެމްސީ އިންނެވެ.

ހަންކެޑައި ގައި 1،041 ކޮޓަރު ތަރައްގީކުރަން ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: