ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެނަފިޓް ސެންޓަރު – ޒަމާނީ ވަސީލަތްތަކާއެކު އުރީދޫއިން އެމްއެންޑިއެފްގައި ޖިމެއް ގާއިމްކޮށްފި

ސެނަފިޓް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ކަޅުތުއްކަލާ ކޮށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ގާއިމް ކުރެވުނު ޖިމް “ސެނަފިޓް ސެންޓަރ” ހުޅުވައިފިއެވެ.

މިކަމަށްޓަކައި ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި “ސެނަފިޓް ސެންޓަރ” ހުޅުއްވައިދެއްވީ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން ފާތިމާ އަލް ކުވާރީ އެވެ.

“ސެނަފިޓް ސެންޓަރ” އަކީ ސިފައިންގެ ގިނަބަޔަކަށް އެއްފަހަރާ ޖިމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށާއި އަދި ކުރިން ޖިމުން ލިބެންނެތް އައު ވަޞީލަތްތައް ސިފައިންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ސިފައިންގެ ލީޑަރޝިޕް އިން ވަރަށްބޮޑު އިސްކަމެއްދެއްވައިގެން އުރީދޫ މޯލްޑިވްސްގެ އެހީއާއެކު ޤާއިމްކުރެއްވި ޖިމް އެކެވެ.

މިއީ، އުރީދޫގެ އިތްޖިމާއީ ޒިންމާގެ ތެރެއިން، ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް އަށް ވެދެއްވި އެހީތެރި ކަމެކެވެ.

“ސެނަފިޓް ސެންޓަރ” ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހާމާދީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: