ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫގެ އަަހަރީ އާއްމު ޖަލްސާ ބޭއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟
އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެކުންފުނީގެ އާއްމު އަހަރީ ޖަލްސާގައި ފާސްކޮށްފިއެވެ.
ކްރޮސްރޯޑްސްގައި ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 125 ހިއްސާ ދާރުން ވަނީ ބައިވެރިވެފައެވެ. އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ.
އުރީދޫގެ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ 2.70 ރުފިޔާއެވެ.
އުރީދޫގެ މާލީ ބަޔާން ތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އާމްދަނީ ވަނީ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެފައެވެ.
އުރީދޫ ގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އުރީދޫގެ ފަރާތުން އަހަރީ އާއްމު ޖަލްސާގައި ވަނީ މަވެސް، މަންމަވެސް އުރީދޫގެ ނަމުގައި އާ ކެމްޕެއިނެއް ލޯންޗް ކޮށްފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: