ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ ކުނި ބިލު، ކަރަންޓް ބިލްގައި ހިމަނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ގަވާއިދުން ދައްކަމުން ނުދާތީ އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި އެފީ ހިމަނަން އެންވަޔަރްމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުނި މެނޭޖް ކުރުމުގެފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނާނެކަމަށެވެ.

އެގޮތަށް ހަމަޖެއްސިޔަސް، ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކުނި ނެގުމަށް ވެމްކޯގައި ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ގެތަކުން އުކާލާ ބޮޑެތި ކުނިތައް ނެގުން މީގެ ތެރެއަކު ނުހިމެނޭ ކަމަށް ވެސް  ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތަށް ހަމަޖެއްސީ ގިނަ ގޭބީސީތަކުން ވެމްކޯއަށް ފީ ދައްކަމުންދާ ނުދާތީ އެވެ.

މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވެމްކޯ އާއި އިކޮނޮމިކް ކައުންސިލްގެ މަޝްވަރާތަކަށް ފަހު ވެމްކޯގެ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށް ކުނިނެގުމުގެ ހިދުމަތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެމްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި އިކޮނޮމިކް ކައުންސިލްގެ މަޝްވަރާ އާއި އެކު މާލެ ސަރަހައްދުގައި ވެމްކޯ އިން ދެމުންގެންދާ ހިދުމަތްތަކަށް ތިރީގައި މިވާ ބަދަލު މި މާޗް މަހުގެ 1 ވަނަ ދުވަހު ވަނީ ގެނެވިފައެވެ. އަދި ތިރީގައިވާ އަގުތައް ވެމްކޯ އިން ކަސްޓަމަރުންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ މި މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ގޭބިސީއަކަށް މަހަކު 150 (ސަތޭކަ ފަންސާސް) ރުފިޔާ
ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27 ހަތާވީސް ލާރި
ކޯލް އެންޑް ޕިކަޕް ސާވިސް އަށް ޓަނަކަށް 330 (ތިންސަތޭކަ ތިރީސް) ރުފިޔާ
ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް 1060 (އެއްހާސް ފަސްދޮޅަސް) ރުފިޔާ
ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660 (ދެހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ
ލީޓަރަކަށް 1.27 (އެއް ރުފިޔާ ހަތާވީސް ލާރި)
ޕްރައިވެޓް ކޮމާޝަލް ކަލެކްޓަރސް އަށް ޓަނަކަށް 2660 (ދެހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ

ކުނި މެނޭޖު ކުރުމާއި ބެހޭ ގަވާއިދަށް ގެނެވުނު 5 ވަނަ އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު މަތީގައި ބަޔާން ކުރެވުނު 1000 (އެއްހާސް) ރުފިޔާ އިތުރުކުރުން

މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ސަބަބުން ވެމްކޯއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމުގެ ހިދުމަތް ރަނގަޅަށް ދެވޭނީ ގަވާއިދުން ފީ ނަގައިގެން ކަމަށް ވެސް  އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 59%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: