ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސް ތެރޭ ދަތުުރުތަކަށް 13 މިލިއަން ރުފިޔާގެ ހަރަދެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ދަތުރުތަކަށް ކުރި ހޭދަ 13.3 މިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިގްތިސާދީ ހާލަތުގެ ސަބަބުން، ދިމާވި ދަތިތަކަށް ފަހު ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނުކުރުމަށާއި އަދި އިދާރާތަކުގެ ދަތުރުތައް މަޑުޖައްސާލުމަށް އަންގައި މިނިސްޓްރީން ސާކިއުލާއެއް ނެރުނު ނަމަވެސް ސިޔާސީ މަގާމުތައް އުފެއްދުމާއި ހަރަދު ބޮޑު ހަރަކާތްތައް ބޭއްވުން އަދި ސަރުކާރު ވެރިންގެ ދަތުރުތައް އެއްވެސް މިންވަރަކަށް ދަށްވެފައި ނުވެ އެވެ. އެންމެ ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް އަމާޒު ވަނީ ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރުގެ ގައުމުތަކަށް ޑެލިގޭޝަންތަކާއި އެކު ދަތުރު ކުރައްވަމުން ގެންދަވާތީ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހަރަދުތަކުގެ ތަފާސްހިސާބުތަކުގައި ވާގޮތުން، 40.72 ބިލިއަންގެ އެޕްރޫވްޑް އެކްސްޕެންޑިޗާއިން މިހާތަނަށް ސަރުކާރުން ވަނީ 3.71 ބިލިއަން ހަރަދުކޮށްފަ އެވެ. އެގޮތުން ރިކަރަންޓު ހަރަދުގެ ގޮތުގައި 2.89 ބިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާ ހޭދަވެފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 821.4 ހޭދަކޮށްފައިވާކަމަށް ދައްކައެވެ.

ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި މި އަހަރުގެ މިހާތަނަށް ހަރަދުކޮށްފައި ވަނީ 445.8 މިލިއަން ރުފިޔާއެވެ. އަދި ސޮވަރެން ފަންޑަށް 163.3 ޓްރާންސްފާކޮށްފައިވާކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އަދި އެހެނިހެން ގޮތް ގޮތުގައި ލިބިގެންދާ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.15 ބިލިއަނެވެ. އަދި އަހަރުގެ މިހާތަނަށް ދަތުރު ފަތުރު ކުރުމަށް 13.3 މިލިއަންގެ ހަރަދެއްކޮށްފައިވާއިރު، އެކި އިދާރީ ބޭނުންތަކަށް 207.2 ހަރަދުކޮށްފައިވާކަން ވެސް ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ދަތުރުފަތުރު ކުރުމުގެ ދާއިރާ އަދި މަގުހެދުމާއި ބިން ހިއްކުމަށެވެ. އެގޮތުން މަގު ހެދުމަށް 398.7 މިލިއަންގެ ހަރަދެއް ކޮށްފައިވާއިރު، އެއަރޕޯޓު އަދި ބަނދަރު ފަދަ މަޝްރޫއުތައް މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ހޭދަކޮށްފައިވަނީ 336.4 މިލިއަންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: