ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ސަމީރު އިސްތިއުފާދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ޖޭޕީގެ ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ޕާޓީއިން އިސްތިއުފާ ދެއްވައިފިއެވެ.

ސަމީރުވަނީ އޭނާ ޖޭޕީން އިސްތިއުފާ ދެއްވިކަން ސަންގުޓީވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ވާދަ ކުރުމަށް ޕަޓީ ކައުންސިލްގެ އިއްތިފާގުން މިއަދު ހަވީރު ވަނީ ނިންމާފައެވެ.

ކައުންސިލު ބައްދަލުވުމުގައި ނެގި ވޯޓުގައި، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް 49 މެމްބަރުން ތާއީދު ކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން، މި އަހަރަކީ ޖޭޕީއަށް ފުރުސަތު ބޮޑު އަހަރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހާއްސަކޮށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހާލަތެއްގައި ދެވަނަ ބުރަކަށް ގޮސްދާނެކަމަށް ބެލެވެއެވެ.

ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޖޭޕީ ހިމެނޭ ކޯލިޝަނަކާއި އެކު އިންތިހާބަށް ނިކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމާއި ބައްދަލު ކުރެއްވުމަށް ފަހު ވަކީން އިންތިހާބަށް ނިކުތުމުގެ ހިޔާލު ދެއްވައި އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް އެދިފަ އެވެ. މީގެއިތުރުން، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ދައުވަތުތަކެއް ވެސް ޖޭޕީއަށް ފޮނުވާފައި ވެއެވެ.

ޖޭޕީއަކީ މީގެ ކުރިން ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރި ޕާޓީއެކެވެ. 2008، އަދި 2013 ގައި ގާސިމް ވާދަ ކުރިއިރު ދެވަނަ ބުރަކަށް ގޮސްފައި ނުވަނީ ކުޑަ ތަފާތަކުންނެވެ. އެއަށް ފަހު 2018 ގެ އިންތިހާބުގެ ފުރުސަތު ގެއްލުނީ ރައީސް އަބްދުﷲ ޔާމީނާއި އެކު އުފެދުނު ހިޔާލުތަފާތުވުންތަކާއި، އަދި އެކި މައްސަލަތަކަށް ފަހު އުފުލި ދައުވާތަކަށް ފަހު އައި ހުކުމަކަށް ފަހު އެވެ. އޭރު އޮތީ އުމުރުން 65 ވެފައިވާ ނަމަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: