ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް ހައްޔަރު ކުރިކަން މަޖިލީހަށް އަންގާފައި ނުވާތީ އީވާގެ ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅުމުގައި ބައިވެރިވީކަމުގެ ތުހުމަތަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރު ކުރުމަށް ފަހު ގަވައިދުގެ ތެރެއިން އެކަން އަންގާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކޮންމެ ރެއަކު ވެސް ކުރިޔަށް ގެންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން، ރޭ ޕާޓީ އޮފީސް ކުރިމަތީ އެއްވުން ކުރިޔަށް ދިޔަ ވަގުތު ރައީސްގެ މޮޓޯކޭޑު ދަތުރު ކުރަނިކޮށް ކާރަ ހުރަސް އެޅި މައްސަލައިގައި ޝިޔާމް ހައްޔަރު ކުރީ ލެސޫކް ރެސްޓޯރެންޓުގައި ހުންނަވަނިކޮށެވެ.

ޝިޔާމްގެ އިތުރުން، މުޒާހަރާގެ އިތުރު ބައިވެރިންތައް ވެސް ރޭ ހައްޔަރު ކުރިއިރު ބައެއް މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.

އެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ޝިޔާމް ހައްޔަރު ކުރިކަމުގެ އެއްވެސް މައުލޫމާތެއް މަޖިލީހުގެ އިދާރައަށް ލިބިފައި ނުވާ ކަމަށެވެ. މެމްބަރު ޝިޔާމް ހައްޔަރު ކުރިތާ، ހަތަރު ގަޑިއިރު ފަހުން ދޫކޮށްލިކަމުގެ މައުލޫމާތު އެހެނިހެން ގޮތްގޮތުން ލިބިފައިވާކަމަށާއި ނަމަވެސް އެކަން ރަސްމީކޮށް އުސޫލުގެ ތެރެއިން ފުލުހުން އަންގާފައި ނުވާކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާ މާއްދާތަކާއި ހިލާފަށް، މެމްބަރުން ހައްޔަރު ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ގަވައިދު ބުނާގޮން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގައި ހައްޔަރު ކުރާނަމަ އޭގެ ކުރިން މަޖިލީހަށް އެކަން އަންގަން ޖެހޭނެ އެވެ. އަދި ކުށުގެ ވެށިން ހައްޔަރު ކުރި ނަމަވެސް ހައްޔަރު ކުރުމަށް ފަހު އެކަން މަޖިލީހަށް އަންގަން ޖެހެ އެވެ.

ރޭ ޝިޔާމް ހައްޔަރުކޮށްފައި ވަނީ، ގާނޫނާއި ހިލާފަށް މާލޭގައި އެއްވެ ބާއްވާ މުޒާހަރާތައް އޭނާ އިސްވެ އިރުޝާދު ދޭކަމަށް ބުނެ އެވެ. އަދި ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއެޅީ ޝިޔާމްގެ ބައިވެރިވުމާއި އެކުކަމަށް ތުހުމަތުކޮށެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާއަށް ފަހު ރައީސް މާލެ ވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅު ދަތުރު ކުރީ ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. އެކަމަކު، މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އަޅައި ކާރު ކުރިޔަށް ދެވެން އޮތް މަގު ބްލޮކް ކުރުމުގެ ސަބަބުން ތަން ހުސް ކުރުމަށް ސެކިއިރިޓީއަށް ގިނަ ވަގުތު ނެގި އެވެ.

ކާރަށް އެއްވެސް ގޮތަކަށް ކުރިޔަށް ދެވޭ ގޮތް ނުވުމުން، އެންމެ ފަހުން އަނބުރާލާފައި ދިޔައީ މަދު ސެކުރިޓީ އޮފިސަރުންނާއި ފުލުހުންގެ އެހީ އާއި އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: