ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ އެ ކުރަނީ ދިވެހި އަންހެނުންނަށް ބޮޑު މަލާމާތެއް: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފްއަށް ހެދޭ ގޯސްތަކުގައި އޭނާއަށް ފާޑުކިޔަނީ އަންހެނަކަށްވީތީކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާއި ގުޅިގެން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑު ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރޭގައި ތާށިވެ ކުރިއަށް ނުދެވުމުގެ ސަބަބުން އަނބުރާލަން ޖެހުނު މައްސަލައިގައި އިދިކޮޅުންނާއި އާންމުންގެ ގިނަ ބަޔަކުވެސް ދަނީ މިނިސްޓަރު މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި އިހުމާލުތަކެއް ވެފައިވާކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މިނިސްޓަރު މާރިޔާވަނީ އެކަމަށް ރައްދު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވިގޮތުން، އައިޖީއެމްއެޗްގެ މައްސަލައިގައި ހެލްތު މިނިސްޓަރު ޒިންމާ ނަންގަވަން ނުޖެހޭކަމަށެވެ. އަދި އެކަމާއި އެއްވެސް ބަޔަކު މިނިސްޓަރު ނަސީމަށް ފާޑުނުކިޔާކަމަށާއި އެހެންނަމަވެސް އެމްއެންޑީއެފްގެ އިހުމާލެއްގައި އެނާއަށް ފާޑުކިޔަނީ އަންހެނަކަށްވީތީކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަތަކަށް އަލިއަޅުއްވައި ޝިޔާމް ވިދާޅުވީ، މިނިސްޓަރު އެ ކުރެއްވި ދިވެހި އަންހެން ބޭފުޅުންނަށް ވަރަށް ބޮޑު މަލާމާތެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ، ދިވެހި އަންހެނުންނަކީ ކެރިކަން ކަންކަމާ ކުރިމަތިލައްވާ ބައެއްކަމަށެވެ. އަދި ދިވެހި އަންހެނުންނަކީ މަގާމުގެ ޒިންމާ އަދާކުރައްވަމުންވީމާ މިނިސްޓަރު މާރިޔާ ކަން ކުރައްވާ ގޮތަށް “ފިނދަނނަ” އެއް ފަދައިން ދުވެ ފިއްކަލަވާނެ ބައެއް ނޫންކަމަށްވެސް އެނާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި މިނިސްޓަރު މާރިޔާއަށް ޝިޔާމް ފާޑުވިދާޅުވިއިރު، އެ މައްސަލައިގައި ރައީސް ސާލިހުގެ ސެކިއުރިޓީ ދެއްވާ ބޭފުޅުންގެ ތެރެއިން ބައެއް ފަރާތްތައްވަނީ އެ މައްސަލައާއި ގުޅިގެން ސަސްޕެންޑު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: