ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހިންދާއަށް ސިވިލް ކޯޓުން ނާކާމިޔާބު؛ އެމްޑީއެން އުވާލީ ރަނގަޅަށް!

އެމްޑީއެންގެ ފައުންޑާ، ޝަހިންދާ އިސްމާއިލް - ފޮޓޯ: ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް އާއްމު ކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލި މައްސަލައިގައި ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާއި ދެކޮޅަށް ނިމިއްޖެ އެވެ.

ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި އެ ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެމްޑީއެން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ގާތްގަނޑަކަށް 125 ސޮފުހާގެ އެމްޑީއެންގެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

ދިރާސާއެއްގެ މައްޗަށް އެކުލަވާލި ކަރުދާހެއްކަމަށް ބުނާ ރިޕޯޓާއި، އެމްޑީއެންގެ އިސް މީހުންގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ތަހުގީގު ކުރަން ފެށީ 2019 ގެ ފަހުކޮޅު އެވެ. އެ ޖަމިއްޔާގެ އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ ގޮތުގައި ފާހަގެވެފައި ވަނީ ޝަހިންދާ އެވެ.

އެމްޑީއެން ހިންގަމުން އައީ ހޯމް މިނިސްޓްރީގެ ދަށުން ވެބްސައިޓެއްގެ ގޮތުގައި ރެޖިސްޓްރީކޮށްގެން ނަމަވެސް އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހިމަނައި ރިޕޯޓެއް އާއްމު ކުރި މައްސަލައިގައި ޖަމިއްޔާ ރަސްމީކޮށް އުވާލުމަށް ޔޫތް މިނިސްޓްރީން ނިންމީ އެވެ. އެ މައްސަލަ ޝަހިދާ ކޯޓަށް ހުށަހެޅީ އެއީ ޖަމިއްޔާތައް ހެދުމުގެ މިނިވަންކަމާއި، ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި ހިލާފަށް ނިންމި ނިންމުމެއްކަމަށް ބުނެ އެވެ. އޭނާ އެދިފައި ވަނީ ޔޫތް މިނިސްޓްރީގެ ނިންމުން ގޯސްކަމަށް ކަނޑައަޅައިދިނުމަށެވެ.

އިލްމުވެރިންގެ ގިނަ ކަންބޮޑުވުންތަކާއި، އަދި މުޖްތަމައުގެ ތެރޭގައި ބޮޑު ނުތަނަވަސްކަމެއް ރިޕޯޓާއި އެކު އުފެދިގެން ދިޔަ އެވެ.

އެހެންވެ އެ ރިޕޯޓާއި ގުޅޭގޮތުން އިލްމުވެރިން ނިންމާފައިވާ ނިންމުންތަކަށް ބަލައި މިއަދު ސިވިލް ކޯޓުން ހުކުމް ކުރީ އެމްޑީއެން އުވާލުމަށް ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރާ ނިންމާފައިވާ ނިންމުން އެއީ ގާނޫނާއި ހިލާފު ނިންމުމެއްކަމަށް ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަން ފާހަގަކޮށެވެ.

އެމްޑީއެންއަކީ އުވާލާފައިވާ ޖަމިއްޔާއެއް ނަމަވެސް، އެ ޖަމިއްޔާ ދަނީ އެކި ގޮތްގޮތުން ހަރަކާތެރި ވަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ ބައެއް ގައުމުތަކުގައި ދީނީ މިނިވަންކަމަށް ގޮވާލައި ބާއްވާ އެކި ފޯރަމްތަކުގައި ބައިވެރިވުން ހިމެނެ އެވެ.

ރިޕޯޓުގެ މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ޖަމިއްޔާގެ ފައުންޑާރ ޝަހިންދާ އަށެވެ. އަދި އެ ޖަމިއްޔާގައި އެކި ގޮތްގޮތުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް އާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު ބައިވެރިވިކަމަސް މީގެ ކުރިން ވެސް ވާހަކަ ދެކެވުނެވެ. އަދި ދާދިފަހުން ސޯޝަލް މީޑިއާގައި ދިޔަ ބަހުސްއެއްގެ ތެރެއިން ޝަހިންދާ ވަނީ ރިޕޯޓު ނެރުނުއިރު ޖަމިއްޔާގެ ރައީސްއަކީ، ޝަމީމްކަމަށް ބުނެފައެވެ. އެކަމަކު، ޝަމީމް އެކަން ދޮގު ކުރެ އެވެ. އޭގެ އިތުރުން ދައުލަތުގެ ބައެއް މަގާމުތަކުގައި، އެމްޑީއެންގައި އިސްކޮށް އުޅުނު މީހުން ތިބުމުގެ ސަބަބުން ސަރުކާރަށް ފާޑުކިއުންތައް އަމާޒުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: