ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށައިފި

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފެށުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފި އެވެ.

އެކަމަށް ހާއްސަކޮށް ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބަގީގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ރަސްމިއްޔާތުގައި ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ބަގީގެ ހިދުމަތް ފައްޓަވައިދެއްވައި މުއިއްޒު ވިދާޅުވީ މިއީ ވިލިމާލެ ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެށުމެއްކަމަށާއި، މާލޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަ ކުރުމާއި އެކު އެހެނިހެން ލުއިފަސޭހަތައް ހަމަޖެއްސުމުގެ މަސައްކަތް އެއްވެސް ތަފާތު ކުރުމެއް ނެތި ސިޓީ ކައުންސިލުން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

މޭޔަރ ވިދާޅުވީ  ބަގީގެ ހިދުމަތް ފުރިހަމަ ގޮތުގަ ގެންދިޔުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދެއްވުމަކީ ކައުންސިލަށް އައު ކަމެއްކަމާއި، ފަށައިގަންނަ އިރު އުނި ސިފަތަކެއް ހުރުން އެކަށީގެން ވާކަމަށާއި، އެކަމަކު ރައްޔިތުންގެ ހިޔާލާއި އެއްބާރުލުމާއި އެކު ކާމިޔާބުކަމާއި އެކު ޚިދުމަތް ކުރިއަށް ގެންދެވޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މިއީ ފެށުމެއް، ވިލިމާލޭގެ ރައްޔިތުންނަށް ބޭނުން ޚިދުމަތްތައް ހަމަޖެއްސުމުގެ މަސައްކަތް އެއްވެސް ތަފާތެއްނެތި ފޯރުކޮށްދެއްވުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރަމުން ދާނަން“ 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ބޮޑު ފަސޭހަކަމެއް މިޚިދުމަތުގެ ސަބަބުން ލިބިގެންދާތީ އުފާކުރާކަމަށާއި، އެކަމަށްޓަކައި މާލެ ސިޓީގެ މޭޔަރއަށް ޚާއްސަކޮށް ޝުކުރު ދަންނަވާކަމަށެވެ.

ވިލިމާލޭގެ ބަގީގެ ހިދުމަތްތައް އީދު ހަފްތާ ނިމެންދެން ފޮރުކޮށްދޭނީ ހިލޭ އެވެ. އަދި ފައިސާ ނަގާނީ ހަމައެކަނި ވަކިން ނަގާ ދަތުރުތަކަށެވެ. އެ އަގުތަކަކީ 04 ސިޓުގެ ބަގީއަކަށް 06 ރުފިޔާ، 06 ސިޓުގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ އެވެ.

ބަގީގައި ދަތުރު ކުރާ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިން އަދި އެންސްޕާގައި ރެޖިސްޓްރީވެފައި ވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލު ޔުނިފޯމުތަކުގައި ތިބޭ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

ބަގީގެ ޚިދުމަތަށް އެދިލެއްވުމަށް ގުޅުއްވާނީ 7240505 އަށެވެ. އަދި އޮންލައިންކޮށް ބަގީގެ ޚިދުމަތަށް އެދިލައްވާނީ https://villibuggy.malecity.gov.mv/ އަށް ޒިޔާރަތް ކުރައްވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: