ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް އިސްލާހު ހުށަހެޅުމާއި ގުޅޭ ބިލް މަޖިލީހަށް ބަލައިގެންފި

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މުއްދަތު އިތުރު ކުރުމަށް ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ބިލަށް ވޯޓް ދެއްވި 52 މެމްބަރުންގެ ތާއީދާ އެކުގައެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވާފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އޮތް މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރުމަށެވެ. އެހެންކަމުން އެ ބިލު، ގާނޫނުގައި ހިމެނުމުން، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މިހާރު ދެމުންދާ 10 ދުވަހުގެ ބަދަލުގައި 14 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެކަން ކުރާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވާދަކުރާނެ ކަން ފުރަތަމަ އިއުލާން ކުރެއްވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ޔާމީން އަށް ފަހު އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކާމިޔާބު ކުރެއްްވިއެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން މިއަހަރުގެ  ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް ސާލިހް ވާދަކުރައްވައެވެ. އަދި ޖުމްހޫރީ  ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ވަނީ އިންތިހާބުގައި ވާދަކުުރުމަށް ނިންމާފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: