ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކައަށް ވުރެ މައްޗަށް!

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާ ހިސާބަށް ރާއްޖެއަށް 555،537 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ހިނގާ އޭޕްރިލް މަހުގެ 5 އާއި ހަމައަށް ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާ ހިސާބަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 2022 އާއި 2021 އާއި އަޅާކިޔާއިރު 21 އިންސައްތަ ވަނީ ކުރިއަރާފައެވެ.

މި މަހުގެ 5 އަކާއި ހަމައަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 31،609 ފަތުރުވެރިންނެވެ. ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،000 އަށް ގިނަ ފަތުރުވެރިން އަންނައިރު، އާންމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި މަޑުކުރަނީ 8 ވަރަކަށް ދުވަހުއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ގައުމުތަކުގެ ތެރެއިން އެއްވަނައިގައި ވަނީ ރަޝިޔާއިންކަމަށްވާއިރު، އެ ގައުމުން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 68،102 ފަތުރުވެރިންނެވެ. ދެވަނައިގައި އޮތްއިރު، އިންޑިއާއިން ރާއްޖެ ޒިޔާރާތްކުރީ 58،859 ފަތުރުވެރިންނެވެ. 3 ވަނަ ގައި އިނގިރޭސިވިލާތް އޮތްއިރު، އިނގިރޭސިވިލާތުން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 55،093 ފަތުރުވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: