ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ އެންމެ ބޮޑު ދަރަންޏެއް އުފެއްދި ވެރިއަކީ ރައީސް ސޯލިހު: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ތާރީހުގައި މިހާތަނަށް އުފެދިފައި ނުވާވަރަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދަރަނި އުފެދިފައިވާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކާއި، ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި، ފެނަކައިގެ މެނޭޖުމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި، ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ގަރާރުގެ ބަހުސް މަރުހަލާގައި ޝިޔާމް ވިދާޅުވީ މިއީ ހަމައެކަނި އެ ކުންފުނީގައި ހުރި މައްސަލަ ނޫންކަމަށާއި، ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ ހާލަތު އޮތީ އެއްގޮތަކަށް ކަމަށެވެ. އެއާއި އެކު އޭނާ ފާހަގަކުރީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކޮށް މުއްދަތު ދަންމާލި ގޮތެވެ.

ޝިޔާމް ވިދާޅުވީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ރ)، (ބ) ސަސްޕެންޑްކޮށްފައި އޮތީ، ފައިސާ ޗާޕު ކުރުމުގެ ހުއްދައާއި އެކު ކަމަށެވެ. ނަތީޖާއެއްގެ ގޮތުގައި ހުރިހާ ކުންފުނިތަކުން ވެސް ދަނީ މިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންކަމަށާއި، 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކާކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އެކަނިވެސް، 104 ބިލިއަން ރުފިޔާ ކުންފުނިތަކަށް އިންޖެކްޓުކުރަން އެބައޮތްކަމަށާއި، ނަމަވެސް އެއްވެސް ތަފްސީލެއް ނުދޭކަމަށެވެ. އަދި މީގެ ކުރިން 150 މިލިއަނެއްހާ ރުފިޔާ ޖަހާ، ކޯޑެއްގައި 1.6 ބިލިއަން ރުފިޔާ ހިމަނައި ސަރުކާރުން ހަރަދުކުރަމުން ދަނީ އެއްވެސް ތަފްސީލެއް ނުދީކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މި ފައިސާ ހޯދަނީ ކޮންތާކުންތޯ އޭނާ ސުވާލުއުފެއްދިއެވެ.

ޔަގީނުންވެސް އާމްދަނީގެ ގޮތުގައި ނުވަދޭ މި ފައިސާއެއް، ހަމަ ޗާޕުކޮށްގެން ބޭނުންވާ ބަޔަކަށް، ބޭޏުންވާ ސިޔާސީ މަގާމެއް، ބޭނުންވާ މުސާރައެއްގައި ނަގަމުން އެ ދަނީ.

ޝިޔާމް ވިދާޅުވީ ސިޔާސީ މަގާމުތައް އުފައްދާ އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަދެނީވެސް ފައިސާ ޗާޕުކޮށްގެންކަމަށެވެ.

ފެނަކައާއި ބެހޭ ގޮތުން ވާހަކަދައްވަމުން ޝިޔާމް ވިދާޅުވީ ފެނަކައިގެ ފަރާތުން އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދެވި އޮތްއިރުވެސް، ކުންފުނީގެ އިސްވެރިން އުޅުއްވަނީ އަގުހުރި ކާރުތަކުގައިކަމަށާއި، އަދި އިސް ފަރާތްތަކުން ބޭނުންވުމުން ބޭނުންވާހާ މީހަކަށް ސިޔާސީ މަގާމުތައްވެސް ދެމުންދާކަމަށެވެ. މިކަންކަމުގެ ސަބަބުން ގައުމު ވެއްޓިގެންދާ ހާލަތަށް ސަރުކާރުގެ އެއްވެސް ސަމާލުކަމެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓާރސްތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށްކަމަށް ފާހަގަކުރައްވާ، ޝިޔާމް ވިދާޅުވީ ތައުލީމުދޭ ކޮލެއްޖެއް ނަމަވެސް، އަދި އާންމު ވިޔަފާރިއެއް ނަމަވެސް އުޅެނީ ވަރަށް ހާލުގައިކަމަށާއި، މަސައްކަތްތެރިންނަށް މުސާރަދެވޭނެ ހާލު ނެތްކަމަށެވެ. މިކަމުގެ ސަބަބަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސިޔާސީ ބޭނުމަށް ހިތައްއެރި ގޮތަކަށް ކަންކަންކޮށް، ދިވެހިރާއްޖޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައްކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުން މުސާރަދޭ ފަރާތްތައް ފިޔަވާ ދެން ތިބި ފަރާތްތަކުން އުޅެންޖެހިފައިވަނީ ވަރަށް ހާލުގައިކަމަށް އޭނާގެ ވާހަކައިގައި ޝިޔާމް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ތާރީހުގައި ދަރަނި ލިޔަން ފެށި ފަހުން އުފެއްދި އެންމެ ބޮޑު ދަރަނި ރައީސް ސާލިހު ގިނިކަންޏާ ހައްދަވައިފިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: