ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ އިންސާފުވެރިކަން ނެތިގޮސްފި، ދެން ބަލަންވީ އެ މިނިވަންވާނެތޯ: އިބްރާ

އިބްރާހިމް އިސްމާއިލް އިބްރާ ފޮޓޯ: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގެ އިންސާފުވެރިކަން މިހާރުވެެސް ނެތި ގޮސްފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ފައުންޑަރ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ވިދާޅުވީ އިންތިހާބު އިންސާފުވެރި ވާނެތޯ ނުވަތަ ނޫންތޯ އެއީ މިހާރު އޮތް ސުވާލު ނޫން ކަމަށެވެ. މިހާރު އޮތް ސުވާލަކީ އިންތިހާބު މިނިވަން ވާނެތޯ ނުވަތަ ނޫންތޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިބްރާ މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގައި މަރުތަޅު ސަރުކާރުން އަޅުވައިފި ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އީވާ ވިދާޅުވީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް މަޖިލީހުގެ އިދާރާ އަށް ހުށަހަޅާފައިވަނިކޮށެވެ.

އީވާ ވިދާޅުވީ، ސަރުކާރުންވަނީ މަޖިލީހުގައި މަރުތަޅު އަޅުވާފައިކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހަކީ، ދިވެހިރާއްޖޭގެ ކަންކަން ބަލަހައްޓައި ނެގެހެއްޓުމުގެ ޒިންމާ އެޅިފައިވާ އެންމެ މަތީ މުއައްސަަސާކަމަށެވެ. އެހެންކަމުން މަޖިލީހުގައި މަރުތަޅު އެޅިގެން ދިއުމަކީ ސަރުކާރަށް ލިބިގެންދާ ބޮޑު ފައިދާއެއްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އީވާ ވިދާޅުވީ، ބާރުތަކާއި، މުދަލުގެ އިތުރުން މާލިއްޔާތުންވެސް ނާޖާއިޒް ބޭނުންތަކެއް ކުރަމުންދާ ސަރުކާރަކަށް މަޖިލީސް ހުއްޓިފައި އޮތުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ވޯޓު ލުމަށް ބާކީ އޮތީ ތިން މަސް ދުވަސް ކަމަށެވެ.

ޕީޖީ ގުރޫޕުން ރައީސް ސާލިހާއިއެކު މަޝްވަރާތައް ކުރައްވާކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވާނީ މެޖޯރިޓީ އާއިއެކުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވާކަމަށްވެސް އީވާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި ބޭނުންކުރެއްވިދާނެ ސިޔާސީ އުކުޅުތަކަށް ރައީސް ސާލިހު އަދި ޕީޖީ ގުރޫޕުގެ ލީޑަރަށްވުރެ ފުންނާބު އުސް ބަޔަކު ނެތްކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަރުތަޅު އެޅިގެންދިއުމަކީ އޮޅިގެންވެފައިވާކަމެއް ނޫންކަމަށް އީވާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: