ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ވުރެން ބޮޑަށް ނުރައްކާ އޮތް މީހުން ރާއްޖޭގައި އެބަތިބި: އިބްރާ

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް ނުރައްކާ އޮތް މީހުން ރާއްޖޭގައި އެބަތިބި ކަމަށް އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބުރާ މިހެން ވިދާޅުވީ، މެއި ހައެއްގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ން އެކުލަވާލާފައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާގޮތް ސަރުކާރުން އެންގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައި ގަތުމަކީ ރުހޭ ކަމެއްނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވާ ގުޅިގެންނެވެ.

ހަސަން ލަތީފުގެ އެ ވާހަކަ ތަކަށް ރައްދު ދެއްވައި އިބުރާ ކުރެއްވި ޓްވީޓެއްގައި ވަނީ، ހަސަން ލަތީފު އެހެން ވިދާޅުވީ، އެވިދާޅުވެވޭ އެއްޗެއް އެނގިވަޑައިގެންތޯ، ސުވާލު ކުރައްވައިފައެވެ.

ރައީސް ނަޝީދަށްވުރެން، ބޮޑު ނުރައްކަލެއްގައި ތިބި މީހުންވެސް ރާއްޖޭގަައި އެބަތިބި ކަމަށާއި، ނަމަވެސް މޮޓޯކޭޑާއި ބޮޑީގާޑުންނާނުލައި އެމީހުން އުޅެމުންދާ ކަމަަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ ތްރީޓް އޮތީ އަންނިއަށް އެކަންޏެއްނޫން. އެއަށްވުރެން ބޮޑު ތްރީޓުގައި ތިބި މީހުން ވެސް އެބަތިބި. މިއޮއް އުޅެނީ މިއޮއް އުޅެނީ މޮޓޯކޭޑާއި ބޮޑީގާޑުންނާއި ނުލައިވެސް،”

އެފަދަ ވާހަކަތައް ނުދައްކައި ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވިގެން އުޅުއްވަން ޖެހިވަޑައިގަންނަވާ އަސްލު ސަބަބު ވިދާޅުވެދެއްވުން މާ ރަނގަޅު ވާނެ ކަމަށްވެސް އިބުރާ ވިދާޅުވިއެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: